ނިކަމެތި ރައްޔިތުންނަށް ފުލުހުން ދެނީ ކޮން ހިމާޔަތެއްބާ؟

ގޭގާއި ހުއްޓާ ކޮންމެދުވަހަކުވެސް އިވެނީ، އަންހެނެއްގެ ހަޅޭކުގެ އަޑެވެ. މިގޮތަށް މި ހިނގާ ޑިސެންބަރު މަހުގެ ތިންދުވަހެއްގައި މިއަޑު އިވިގެން ބާލާއިރު، ކޮންމެ ދުވަހަކުވެސް އަންހެނެއްގެ ކަރުގައި އޮންނަފަށް ޖަހައިގަނެގެން ދަނީ އެވެ. ކޮންމެދުވަހަކުވެސް އެއިވެނީ އަންހެނެއްގެ ފަށް ފޭރިކަތުމުން އިވޭ ރުއިމުގެ އަޑެވެ. ޖައްސަ ޖައްސައިގެން ތިންދުވަހު ތިންމީހުންގެ ފަށް ފޭރިގަތީ އެވެ. ތިންދުވަހުވެސް ފުލުހުންނަށް ރިޕޯޓު ކުރީމެވެ. ވީއެއްވެސް ކަމެއްނެތެވެ. ނިކަމެތި އަންހެންމީހާގެ ކަރުގައި ނިޔަބުޅި އަޅާފައި ފަށް ޖަހައިގަނެގެންދަނީ އެވެ.

ކަން މިހެންހުރިއިރު، ހަމަ މިމަގުގައި ހުރި ގެއެއްގައި އުޅޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ހިމާޔަތްކުރަން، އެގޭ ދޮރުމަތީގައި ފުލުހެއް ބަހައްޓާފައި ހުރެ އެވެ. ނިކަމެތި އަންހެނުނަށް ނުލިބޭ ހައްގެއް މަޖިލީސް މެމްބަރަށް ލިބޭއިރު، ރައްޔިތުންގެ ފައިސާއަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ ފައިސާ ބާއޭވެސް ހިތަށް އަރައެވެ. މިގޮތަށް ދައްކާފައި ނުދައްކާނެ ވާހަކައެއް ނެތެވެ.

ސައިކަލުތަކުން ޕެޓުރޯލު ވަގަށްނެގުމާއި، ސައިކަލުތަކުގެ އެކިބައިތައް ވަގަށް ނަގައިގެން ވިއްކަމުންދަނީ އެވެ. އަޅުގަނޑު މިދަންނަވަނީ އަދި އަޅުގަނޑު ދިރިއުޅޭ ގެ ހުންނަ މަހުގެ ހާލަތު އެކަންޔެވެ. މިއަށްވުރެ ހާލުބޮޑު ކިތައް މަގު މި ކުޑަ ކުޑަ މާލޭގައި ހުންނާނޭބާއޭ ހިތަށްއަރަ އެވެ.

ފުލުހުން ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި ސައިކަލުތަށް ފަހާ ދުވެ ނަގާއިރު، ތަކުރާރުކޮށް މި ދެންނެވި މައްސަލަތައް ރިޕޯޓުކުރާ މަގުތަކުގައި، ކުރާ ކުށްތައް ހުއްޓުވައި، ނިކަމެތިންގެ ތަކެތި ހިމާޔަތްކުރަން ފޯރި ނުހުންނަނީ ކީއްވެބާ؟ އަދި ސައިކަލުތަކުގައި ތިބޭ ވަކިބައެއް ފާހަގަކޮށް ފަތަތުން ދުވެ ނަގާއިރު، ނިކަމެތިންގެ ހިމާޔަތް ތިމާމެންގެ ބޮލުގައި އެޅިފައި އޮންނަކަން ހަނދާން ނެތީބާ؟ ގަބޫލު ކުރެވޭގޮތުގައި، މިމީހުންގެ ބޭނުމަކީ ނިކަމެތި ރައްޔިތުން ފެލައިގެން ޖޫރިމަނާ އަތުލައިގެން ސަރުކާރަށް މުއްސަނދިކޮށްދިނުންނޫން އެތުރުކަމެއް ނޫނެވެ.

ނިކަމެތިންގެ ހައްގުތަކަށް އަރައިގަންނަ ފުލުހުން އާއިލާތަކަށް އާންމުން އަނިޔާވެރިވާނަމަ، އެމީހުންގެ އިހުސާސްތައް ހުންނާނީ ކޮންގޮތަކަށްބާ؟

ސައިކަލަކުން ފުލުން ޕެޓްރޯލްވަގަށްނަގާތަން ދައްކުވައިދޭ ވީޑިއޯއެއް:

ކިޔުންތެރިންގެ ހިޔާލު

  1. ހާދަ ފަށެއް އޮންނަ އަންހެނެކޭ ތީ