ނ. ލަނދޫ ކައުންސިލްގެ ގޮނޑިވެސް ޕީޕީއެމްއަށް

ނ. ލަންދޫ ކައުންސިލުން ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް މިއަދު ބޭއްވި އިންތިހާބު ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ލަނދޫ ކައުންސިލްގެ ގޮނޑިޔަށް ކުރިމަތިލި ޕީޕީއެމްގެ ކެނޑިޑޭޓް އަލީ ހާފިޒް / ފުސްފަރު ނ.ލަންދޫއަށް ލިބިވަޑައިގަތީ 296 ވޯޓެވެ. މި ގޮނޑިޔަށް އަމިއްލަ ގޮތުން ކުރިމަތިލި މަޖުދުﷲ އަބްދުލް ރައްޒާގް / ރަސްފަރު .ލަންދޫއަށް ލިބިވަޑައިގަތީ 229 ވޯޓެވެ.

ޕީޕީއެމް ވުޖޫދަށް އައިފަހުން ބޭއްވި 17 ބައި އިލެކްޝަންގެ ތެރެއިން އެޕާޓީންވަނީ 14 ބައި އިލެކްޝަން ކާމިޔާބުކޮށްފައެވެ.

ފަހުގެ