ފުލުހުންގެ މަސައްކަތަށް ފިލައިގެން އުޅޭ ފުލުހަކު ހޯދަންފަށައިފި

ފުލުހުންގެ މަސައްކަތަށް ފިލައިގެން އުޅޭ ފުލުހަކު ހޯދަންފަށައިފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުންގެ ވަޒީފާގައި ދެމިހުރެ، ފުލުހުންގެ މަސައްކަތަށް ހާޒިރުނުވެ، އުޅޭ ވަކިތަނެއް ނޭނގި ފުލުހުންގެ މަސައްކަތަށް ފިލައިގެން އުޅޭތީ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ޚަލީފާ (ސ.ނަމްބަރު:2095)، އަސްނީމް، ތ. ތިމަރަފުށިހޯދަމުންދާ ކަމަށާއި އޭނާ މާލޭގައި އުޅޭނަމަ 24 ގަޑިއިރު ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވުމަށްއަންގާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފައިވެއެވެ.

އަދި މާލެ ފިޔަވައި އަތޮޅު ތެރޭ ރަށެއްގައި ހުރިނަމަ ޢަލީ ޚަލީފާ ހުރި ރަށަކާއި އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަށް އަންގާކަމަށާއި އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަމްބަރު 119 ށް ނުވަތަ 3322111 ށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކުރެއްވުން އެދޭކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކުރެއެވެ.

ފުލުހުންގެ ވަޒީފާގައި ހުރެ މަސައްކަތަށް ފިލައިގެން އުޅުމަކީ ފުލުހުންގެ ޤާނޫނުގެ 63 ވަނަ މާއްދާއާއި ޚިލާފުކަމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހަލީފަކީ މާލޭގެ ގެސްޓް ހައުސްއަކަށް ވަދެ އެތާގައި ތިބި ބިދޭސީންތަކެއްގެ އަތުން ޑޮލަރުތަކާއި ގިނައަދަދެއްގެ މޯބައިލް ފޯން ފޭރުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހެކެވެ.

ފަހުގެ