ޓެރަރިސްޓަކީ ތިބާ ނޫނީ އަޅުގަނޑުބާ؟

 ޓެރަރިޒަމް ނުނީ ޓެރަރިސްޓުންނަކީ އެކިގައުމުތަކުގައި އެގައުމެއްގެ ސަލާމަތައް ދިމާވާ އެންމެބޮޑު އެއްނުރައްކާ ކަމަށް ސިއްކަ ޖެހިފައިވާ އެއްބިރެވެ. މީގެ ނުރައްކާތެރިކަން މަސްތުވާތަކެތި، މާރާމާރި އަދި އެކިކަހަލަ ލާއިންސާނީ ޖަރީމާތަކައްވުރެށް ބޮޑުކަމަށް މިބައިމީހުން ސިފަކުރެއެވެ. ޓެރަރިޒަމް ހަމައެކަނި ލޭބަލް ކުރެވެނީ ޖާނުންފިދާވުން ނޫނީ ބަޑީގެ ބޭނުންކުރުން ނޫނީ ގަތުލްއާމު ހިންގުމަށް އެކަންޏެއްނޫނެވެ. ގައުމަށް ނުރައްކާ ތެރިވާ ނޫނީ ގައުމުގެ ކުރިމަގު ނޫނީ ގައުމުގެ ފަރުދުންނަށް ޖިސްމާނީ ނޫނީ ނަފްސަނީ ހާނިއްކައެއްކުރުން ނޫނީ ކުރާނޭކަމަށް ބިރުދެއްކުމަށްވެސް ޓެރަރިޒަމް ކިޔާއުޅެއެވެ.

ނަމަވެސް ޓެރަރިޒަމުގެ ބިރު ހަމައެކަނި ދައްކާފައިވަނީ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުން އެކަނިނޫންކަން ދުނިޔޭގެ ތާރީހުން ހެކިދެއެވެ. ގައުމުތަކުގެ ސަރުކާރުތަކުންވެސް އެބައިމީހުން ބޭނުންވާ އަމިއްލަ އެދުންތަކާއި އެޖެންޑާތައް ހާސިލުކުރުމަށްޓަކައި މިއިބާރާތުގެ ބޭނުން ވަނީ އެތަކެއްފަހަރު އެކިސިފަސިފާގައި ބޭނުން ކޮއްފައެވެ. މިފަދަ އޮޅުވާލުންތަކާއި ފަސާދަވެރިކަން ފެތުރުމަށް އިންގިރޭސި ބަހުން ޕްރޮޕަގެންޑާއޭ ކިޔައި އުޅެއެވެ.

ދެވަނަ ބޮޑުހަންގުރާމަ ފެށުމުގެ އަސްލުކަމުގައިވާ އެޑޮލްފް ހިޓްލަރު ދެކޭ ގޮތުގައި އާރިއަން ނަސްލުގެ މީހުންނަކީ ހުރިހާ އިންސާނީ ދަރަފަސްކޮޅަށްވުރެއް މާމަތިވެރި ވެގެންވާ ބައެކެވެ. ނަމަވެސް އެދުވަސްވަރު ޖަރުމަނާއި ޔޫރަޕުގައި ޔަހޫދީން ދިޔައީ މިއާރިޔާން ނަސްލުގެ މީހުންގެ ބިންތަކާއި ވިޔަފާރިތަކުގައި ކުރިހޯދަމުންނެވެ. މިކަމާއި ހިޓްލަރު ވަރަށް ބޮޑަށް ހިއްޕުޅާނުވިއެވެ. އަދި ނަސްލީތަފާތުކުރުމުގެ ބޮޑު ޕްރޮޕަގެންޑާއެއް 1933 ވަނަ އަހަރު ޖަރުމަނުގެ ވެރިކަން ނަޒީންނަށް ލިބުމާއިއެކީހެން ފެށިއެވެ.

ސެޕްޓެމްބަރ 1، 1939 ގައި ޖަރުމަނުން ޕޮލެންޑު ހިފިއެވެ. އަދި 1941 ގައި މިބައިމީހުން ސޮވިއެޓް ޔޫނިއަންއަށް  އަތްގަދަކުރިއެވެ. އަދި ނާޒީއިން ޔަހޫދީން ނައްތާލުމުގެ ޕްރޮޕަގެންޑާ ޖެނުއަރީ 20، 1942 ގައި ވަންސީ ކޮންފަރެންސްގައި އިއުލާން ކުރިއެވެ. ނާޒިންގެ އަމާޒަކައްވީ ޔޫރަޕުގެ ހުރިހާ ގައުމުތަކުން ޔަހޫދީން ނައްތާލުމެވެ. މި ޕްރޮޕަގެންޑާއަށް "އެންމެ ފަހުގެ ހައްލު"  ގެނަމުން ނަންދެވުނެވެ.

މިގަތުލުއާމު 1942 ވަނަ އަހަރު އިއުލާން ކުރުމުގެ ކުރިން ނުރަސްމީ ސިފައެއްގައި ވަނީ ފަށާފައެވެ. ނާޒީއިން ޖަރުމަނުގެ އާންމު ރައްޔިތުންނަށް މިބައިމީހުން ފަށަން މިއުޅޭ ގަތުލުއާމު އޮޅުވާލިއެވެ. މިގޮތުން އެކި މީޑިއާތަކާއި، ރޭޑިއޯ، ޓީވީ ފިލްމު އަދި ނޫސްމަޖައްލާ މެދުވެރިކޮށް ޖަރުމަނު މީހުންގެ ހިތްތަކުގައި ޔާހޫދީންނާއި ދޭތެރޭ ނަފުރަތު އުފައްދަން ފެށިއެވެ. ޖަރުމަނުގެ ކިޔަވާކުދިންނަށް ޔަހޫދީންނާއި ދޭތެރޭ ނަސްލީތަފާތު ގެންގުޅެން ހިތްވަރުދީ ނަފުރަތު އުފެދޭ ފޮތްތަކުން އުންގަނައިދޭން ފެށުނެވެ. މިގޮތުން 1941 ވަނަ އަހަރު ޕޮލެންޑުގައި ނެރެވުނު ލުއި ފޮތެއްގައި  ޖަރުމަނުގެ ސަރުކާރުން ދަނީ ޔަހޫދީންނަށް އެކި އެކި ރޮގުތަކުން ކުރި އެރޭނޭ ގޮއްތައް ހޯދައިދެމުންކަން ލިޔެފައިވެއެވެ. މިގޮތުން ޔަހޫދީންލައްވާ ސޫޕު ބަދިގެތައް ހިންގުމާއި، ހޮސްޕިޓަލްތައް ސާފުކުރުމާއި އެކިކަހަލަ ވޮކޭޝަނަލް މަސައްކައްތައް ދަސްކޮއްދެމުން ދާކަމަށް ޖަރުމަނުގެ ސަރުކާރުން ލިޔެފައި ވެއެވެ. އަދި އެހެންމެ 1942ވަނަ އަހަރު ޖަރުމަނުގައި ނެރޭ ހަފްތާގެ ނޫހެއްކަމުގައިވާ "ޑަރް ސްޓުރުމާ" ގެ ފުރަތަމަ ސަފުހާގެ އެންމެ ތިރީގައި "ޔަހޫދީންނަކީ އަހަރުމެންނަށް ހުރި ވަބާއެއް" މިހެން ލިޔެފައި ވެއެވެ. މިނޫހުގެ ބައިމިލިއަން ކޮޕީ ކޮންމެ ހަފްތާއެއްގެ ތެރޭގައި ޖަރުމަނުގައި ބަހައެވެ.

އަދި މިކަން ހުދު ޔަހޫދީންނައްވެސް ދިޔައީ އޮޅުވާލަމުންނެވެ. މިގޮތުން ޔަހޫދީން ގާތުގައި ތިބައިމީހުން ޖަރުމަނުގެ ސިޓީއެރިއާއިން މިޑީޕޯޓު ކުރެވެނީ ރަށްފުށު ހިސާބަކަށްކަމަށް ބުނެ ޕާސްޕޯޓުގައި "އިވެކިއުއޭޓަޑް" ސަރުކަރުން ޖަހަންފެށިއެވެ. ހަގީގާތުގައި މިބައިމީހުން މިގެންދެވެނީ "އޯއުޝްޓްވިޒް" އަދި އެފަދަ އެތަކެއް ޖަލުތަކަށާއި ކޮންސެންޓްރޭޝަން ކޭމްޕްތަކަށްކަން މިބައިމީހުނަށް އޮޅުވާލެވުނެވެ. އޯއުޝްވިޒް އަކީ އެތަކެއް ގޭސް ޗެމްބާ ހިމެނޭ ޑެތް ކޭމްޕެކެވެ.

މިޔަހޫދިންތައް މިފަދަ ޑެތް ކޭމްޕްތަކަށް ގެންދިއުމުގެ ކުރިން ރަށްފުށު ހިސާބުތަކުގައި އެކަހެރިކޮއް ބޭތިއްބެވުނެވެ. އަދި ޖަރުމަނުގެ އާންމުން މިސަރަހައްދުތަކަށް ޒިޔާރަތްކޮއްފާނެތީވެ ނާޒީއިން ދިޔައީ ޔަހޫދީންނަކީ ވަރަށް ނުރައްކާތެރި ގައިންގަޔަށްއަރާ ބައްޔެއް ޖެހިފައިވާ ބައެއްކަމަށް އެގައުމުގެ އާމުރައްޔިތުނަށް ވިސްނައި ދެމުންނެވެ. މިގޮތުން މިޔަހޫދީ އާބާދީތަކަށް ފެނާއި ކާނާ ލިބުން ހުއްޓުއްވައި ޓައިފަސް އަދި ކޮލެރާފަދަ އެތަކެއް ބަލިތަކެއް އެބައިމީހުންގެ އާބާދީގެ ތެރޭގައި ފެތުރިއެވެ.

ދެވަނަ ބޮޑު ހަގުރާމާގެ އެންމެ ހޫނުގައިވެސް މިނަޒީންގެ ބޭނުމަކަށް ވެފައި އޮތީ އެބައިމީހުން ބޭނުންވާ ޕްރޮޕަގެންޑާ ހާސިލުކުރުމެވެ. ޔާހުދީ އާބާދީ ނައްތާލުމެވެ. މިކަންތައް މިބައިމީހުންކުރީ ރައްޔިތުންނަށް އެހެން ސިފައެއްގައި ނަމަވެސް އާންމު ދުޝްމަނެއް ނުނީ "ޓެރަރިސްޓުން" ތަކެއް އުފައްދައި، އެޕްރޮޕަގެންޑާގެ ދަށުންނެވެ.

އެކާވީސް ވަނަ ގަރުނަށް ބަލަމާ ހިންގާށެވެ. 2001 ވަނަ އަހަރު ސެޕްޓެމްބަރ 11 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޓުވިން ޓަވަރާއި ޕެންޓަގަންއަށް ދެވުނު ޓެރެރިސްޓް ހަމަލާތަކާއި ގުޅޭގޮތުން އެތަކެއް ސުވާލުތަކެއް އެބަހުއްޓެވެ. ކިހިނެތްތޯ އަފްޤާނިސްތާނުގެ ފަރުބަދަމަތީގައި ދިރިއުޅޭ ޖަމާއަތަކައް ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއްގައުމުގެ ދިފާއީ ނިޒާމް ފޫއަޅުވާލެވެންވީ، އަދި މިފަދަ ހަމަލާއެއް ރާވަމުންދާކަން އެމެރިކާއަށް ވަފާތެރިވާ ގައުމުތަކުގެ ޖާސޫސީ އިދަރާތަކުން އެމެރިކާގެ ސަރުކާރައް އަންގަމުން ދިޔަނަމަވެސް މިމައުލުމާތުތަކަށް ގަސްތުގައި އެމެރިކާ ސަރުކަރުން އިހުމާލު ވެފައިވާކަމަށް ގިނަބަޔަކު ޝައްކުކުރެއެވެ.

ގިނަ ބަޔަކު ދެކާގޮތުގައި 11/9 ގެ ޓެރަރިސްޓް ހަމަލާ ރާވާފައިވަނީ އެމެރިކާގެ ސަރުކާރާއި ، ސީ.އައި.އޭ ، ޕެންޓެގަން އަދި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީއާއިގުޅިގެނެވެ. މިކުރެވޭ ޝައްކުތަކަށް ބާރުލިބިދޭ ކަންތައްތަކުގެ ތެރޭގައި 11/9 ވީއަންގާރަ ދުވަހު އެމެރިކާގެ ވައިގެ ސެކިއުރިޓީގެ ހަރަކާތްތައް ނޯތް އެމެރިކަން އެއިރޯސްޕޭސް ޑިފެންސް ކޮމާންޑު  (NORAD)ން ވަނީ ދެގަޑިއިރަށް ހުއްޓާލާފައި، މަތިންދާ ބޯއްޓަކުން ޖެހި ޓްވިން ޓަވަރުގެ ދެބިލްޑިންގެ ބިމާއި ހަމައަށް ވަނީ ޑެމޮލިޝްޑް ވެފައެވެ. ބިލްޑިންގ ސެވަން މަތިންދާ ބޯއްޓެއް ނުޖެހި ވަނީ ގޮވާފައި، އަދި ޕެންޓެގަންއަށް ވައްޓާލެވުނު ބޯއްޓު އަދިއަދާށް ޖެހެންދެއްވެސް ފެންނަން ނެތުންކަހަލަ އެތަކެއް ސުވާލުތަކެއް އުބަހުއްޓެވެ. ނަމަވެސް މި ޓެރަރިސްޓް ހަމަލާތަކުން  އެމެރިކާގެ ރައްޔިތުނަން އެސަރުކާރުން އާ ދުޝްމަނެއް އުފައްދައި ދިނެވެ. ބިން ލާދީންއެވެ. އަލް-ޤައިދާ ނަމަކަށް ކިޔާ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޖަމާތެކެވެ. އަދި މިޖަމާއަތުގެ ނުރައްކާތެރިކަމާއި ބިންލާދީން އާއި އަލްޤައިދާގެ ފަރާތުން އަތުވެދާނެ ޖާނުންފިދާވުން ކަހަލަ އެތަކެއް ބިރުވެރި ހަމަލާތަކަކާއި މަންޒަރުތަކެއް އެމެރިކާގެ މީޑީއާތަކުން އާންމުންނަށް ކުރަހައިދީ އެބައިމީހުންގެ ސިކުންޑިތަކާއި ކުޅެލިއެވެ.

މިހާރު ސުވާލަކީ ކީއްކުރަން ތޯ 11/9 ގުޅޭގޮތުން އެތަކެއް ސުވާލުތަކެއް ކުރަމުން ދަނިކޮށް "ވޯ އޮން ޓެރަރް" އޭ ކިޔާފައި އެމެރިކާއާއި އެމެރިކާއަށް ވާގިދޭ ލަޝްކަރުތައް އަފްޤާނިސްތާނަށް އަރަންވީ؟ ޖަވާބަކީ އެމެރިކާއިން ބޭނުންވަނީ ހަގުރާމައެއްކުރުމަށެވެ. އަދި މިހަގުރާމަ ކުރުމަށް ފަންޑު ހޯދަންޖެހޭނީ އެމެރިކާގެ ރައްޔިތުންގެ އަތުން ނެގޭ ޓެކުސް ފައިސާއިންނެވެ. މިހެންކަމުން މިފައިސާތައް ރައްޔިތުންނަށް އޮޅުވާލައި އެބައިމީހުން ބިރުވެރި ކަމެއްގެ ތެރޭގައި ބައިތިއްބައިގެން ބޭނުންކުރެވޭނެކަން އެމެރިކާގެ މަހުޖަނުންނަށް ވިސްނެއެވެ.

ނާޒި ޖަރުމަނާއި 11/9 މިސާލަށް ވިސްނާލުމުން އެއްގޮތް އެތައްކަމެއް ފަހާގަ ވެގެންދެއެވެ. އެއްކަމެއްގެ ގޮތުން މިދެގައުމުންވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެއްކަމެއްކޮށް ނުވަތަ އެއްވާހަކައެއް ދައްކަން ފަށައެވެ. އަދި މިވާހަކަތައް ވަކި ވަރަކައްވުރެއް ގިނައިން ތަކުރާރުކޮށް އެކަމެއް ނުވަތަ އެވާހަކައެއް ގަބޫލުކުރުރެވޭ މިންގަޑަށް ރައްޔިތުންނަށް އޮޅުވާލައެވެ. ނާޒީންގެ މިނިސްޓަރ އޮފް ޕްރޮޕަގެންޑާ ޖޯސެފް ގޮއެބެލް ބުނާގޮތުން ދޮގަކީ ދޮގެއްކަމަށް ހާމަނުކޮއް، އެދޮގު ތަކުރާރުކުރުމުން ރައްޔިތުން ގަބޫލުކުރާނެއެވެ. ސައިކޮލޮޖިސްޓުން މިކަމަށް ކިޔަނީ "އިލޫޝަން އޮފް ޓުރޫތް" ނޫނީ ހުވަފެނީ ތެދު، ސައިކޮލޮޖިސްޓުން ދެކޭގޮތުގައި މުޖުތަމައެއްގެ ތެރޭގައި ވަކި ބަޔަކީ މުޖުތަމައަށް ހުރި ގެއްލުމެއްކަމާއި، ގައުމަށާއި ގައުމުގެ ފަރުދުންނަށް ހުރި ނުރައްކަލެއްކަމަށާއި އަދި މުޖުތަމައުގެ އެއްބަޔަކީ ގައުމުގެ ހަމަޖެހުމަށް ހުރި ބޮޑު ގޮންޖެހުމެއް ނޫނީ "ޓެރާރް" އެއްކަމަށް ލޭބަލް ކުރަން ފެށިއްޖެނަމަ މުޖުތަމައުގައި އުޅޭ އާންމު ފަރުދުން މިކަން ގަބޫލު ކުރާލޭ ފަސޭހަވެއެވެ. އަދި މިކަންކަމުގައި ދުނިޔޭގެ އެކިއެކި ސަރުކާރުތަކުން އެންމެ ބޮޑަށް ބޭނުންކުރާ ވަސީލަތަކީ އެގައުމެއްގެ މީޑިއާތަކެވެ. އަދި މިގޮތުން ސަރުކާރު ތަކުން އެކިސިފަސިފާގައި މުޖުތަމައަށް ޓެރެރިސްޓުންގެ ފަރާތުން ލިބިދާނޭ ގެއްލުންތަކާއި އެކިއެކި ހާލަތްތަށް ތަސްވީރުކޮއް އާންމު ފަރުދުންނަށް އޮޅުވާލައި ނުތަނަވަސްކަމެއްގެ ތެރެއަށް މުޅި މުޖުތަމައު ވައްޓާލައެވެ. މިހެންކަމުން މިބިރުވެރި ކަމުން ސަލާމަތްވުމަށްޓަކައި ސަރުކާރަށް އިތުބާރުކޮށް ރައްޔިތުން ސަރުކާރުގެ މައްޗަށް ބަރޯސާވާންފަށައެވެ.

މިގޮތުން ސަރުކާރުތަކުން އާންމު ދުޝްމަނެއް ނުނީ ޓެރަރިސްޓެއް ވުޖޫދަށް ނެރެއެވެ. އަދި މީގެ ސަބަބުން އާބާދީގެ ބޮޑުބައެއް މިޓެރަރިސްޓުންނަކީ ކުރިން ނަންގަނެވުނު ކަންތައްތައް ކުރުމުގެ ޤާބިލުކަންހުރި ބައެއްކަމަށް ޤަބޫލުކުރަން ފަށައެވެ. މިނަފްސާނީ ބިރުވެރިކަމުގެތަރޭގައި ސަރުކާރުން ބޭނުންވާ ގޮތަކަށް މުޖުތަމައު ބައިބައި ކުރެވި ބޮޑު ފިތުނަވެރި ކަމެއްގެ ތެރެއަށް ގައުމު ދުއްވާލައެވެ. މީގެސަބަބުން ސަރުކާރަށް އެމުޖުތަމައެއް ކޮންޓްރޯލްކޮއް ބައްޓަންކޮށް އެސަރުކާރުގެ އެޖެންޑާ ފުރިހަމަކުރުމަށް ބޭނުންވާ ގާނޫނާއިގަވައިދުތައް އެގައުމުގެ ގާނޫނު ހަދާ މަޖްލީސްތަކުން ފާސްކުރެއެވެ.

މިހާހިސާބުން އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާލަމާ ހިންގަވާށެވެ. އެއްބަޔަކު އަނެއްބަޔަކަށް ހައްދުފަހަނަ އަޅާފައި ތިބި ބައެކޭގޮވައި، އެއްބަޔަކު އަނެއްބަޔަކަށް ދިމާލަށް ތީޔައީ ލާދީނީ ބަޔެކޭގޮވައި ތީކޮރަޕްޓް ބަޔެކޭ އަދި ގައުމުގެ ޙާއިނުންނޭ ގޮވާހެދުމަކީ މިމުޖުތަމައުގައި މިހާރު އާންމު ކަމެކެވެ. މިކަންވެސް ވާނީ މިހެންތާއެވެ. ޑިމޮކްރަސީގައި ހިޔާލްފާޅުކުރުމުގެ މިނިވަންކަންވެސް އޮންނަނީތާއެވެ.

އެހެނަސް މީގެ އެންމެ ނުރައްކާފައްތަރައް މިފިތުނަވެރިކަމާއި ބިރުވެރިކަން ދަނީ ސަރުކާރުން ވަކި ފަރާތްތަކަކީ ޓެރަރިސްޓުންނޭ ނުވަތަ ގައުމަށް ހުރި ނުރައްކަލެކޭ ބުނެ ލޭބަލް ކުރާ ހިސާބުންނެވެ. މިގޮތުން މިބިރުވެރިކަން ގައުމުގެ ރައްޔިތުންނަށް ދައްކައިދިނުމުގެ ގޮތުން ރަށުތެރެއަށް އެތަކެއް ފުލުހުން ފޯރިމަރަން ނެރުމާއި، ރައްޔިތުން ކޮންމެ ހަތަރު އަގޮޅިއަކުން ޗެކްކުރުމާއި، ނުރަސްމީ ކާފިއުތައް ހިންގުމާއި އެކިއެކި މީޑިއާތަކާއި ފަރާތްތައް މެދުވެރިކޮށް ވަކިބަޔަކު ވަކިގޮތަކަށް ލޭބަލްކޮށް އެމީހުންނަކީ ޓެރެރިސްޓުންނޭބުނެ، މުޖުތަމައުގައި ދިރިއުޅޭ އާންމު ފަރުދުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި ވަކި ބަޔަކާއި ދޭތެރޭ ނަފުރަތަތެރިކަން އުފައްދައި މުޅިގައުމު ފަސާދައީގެ ތެރެއަށް ވައްޓާލައެވެ.

މިހެން މިކަންވާނަމަ، މިގައުމުގެ އަސްލު ޓެރެރިސްޓުން ނަކީ ކޮބާތޯ؟

ކިޔުންތެރިންގެ ހިޔާލު

 1. muhaamed

  މިއީ ޓައިމްސް އަށ ްކިހިނެތް ލިބުނު ފޮޓޯއެއްތޯ އަހާލަން ބޭނުން.

 2. ބަލަ ޓެރަރިސްޓޭ ތިގޮވަނީ ލާދީނީ މީހުނޭ… ކަލޭތީ ޓެރަރިސްޓެއް..

 3. faharibuniimraanulmunaafiguldhahjaalu

  ކޯޓު އަމުރެއްނެތި އެމްއެންބީސީއަށް ވަދެ އެތަނުގައި ވީޓީ އަޅުވައި.. އެތަނުގެ ދޮރަށް ބަޑިޖަހާ ދޮރުހަލާކުކޮށްލައި.. މުވައްޒަފުންނަށް ގައިގައި ތަޅާ އަނިޔާ ކުރިއިރު އެކަން ޓެރަރިޒަމަށް ނުވެފައި.. ރައްޔިތުންގެ ބައަކު ނުކުމެ ވީޓީވީއަށް ގާބުރިއެއް އެއްލީމާ އެކަންޓެރަރިޒަމަށް ވުމުން، އަޅުގަނޑަށް އެނގޭ ތިދަންނަވާ ޓެރަރިޒަމް ހުރިގޮތް…

 4. ތުންޑު ހަސަނު

  ވަރަށް މައުލޫމާތު މުއްސަނދި ލިއުމެއްކަމަށްފެނޭ… އެކަމަކު ދަންކޮޅެއް ބޮޑަށް ދިވެހިންގެ ވާހަކަ އިތުރުކޮށްލިނަމަ ސަޅިވީސް..

 5. 23/12/11

  ޓެރަރިސްޓަކީ ގ.ކެނަރީގޭ މުހައްމަދު.. އާބިދާގޭ މުހައްމަދު… ގާޒީން ހައްޔަރުކުރާ މުހައްމަދު…

 6. މަމީ ޓެރަރިސްޓެއް!!

 7. wahudhee

  ޓެރަރިސްޓުންނަކީ ފަހަރިން ގަޔަށް އަރާމީހުން!! އަންހެނުންނަށް އަނިޔާ ކުރާމީހުން!! ގާނޫނީ ވެރިކަން ވައްޓާ މީހުން!! ފޮރިން އިންވެސްޓުތައް ގައުމުން ފޮނުވާލާ މީހުން!! ޓެރަރިސްޓުންނަނަކީ ދީނުގަ ނަމުގަ އުޅޭ މުނާފިގުން!!