މިއަދު ފެންނަނީ ސިޔާސީ އަމިއްލަ މަންފާއަށްޓަކައި މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތްތައް: ރައީސް ވަހީދު

އަމިއްލަ މަންފާއަށްޓަކައި މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތްތައް ކަމަށް ރައީސް މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސުނާމީ ކާރިސާއަށް 8 އަހަރު ފުރިގެންދާއިރު މިއަދު އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަން އޮތީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެއް ކަމަށެވެ. އަދި ފެންނަ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން، އަދި ދެކެވޭ ވާހަކަތަކާއި ލިޔެވޭ ލިޔުންތަކާއި ކުރެހޭ ކުރެހުންތަކުން ފެންނަމުންދަނީ އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި ހަލާކުވެފައިވާ މިންވަރު ކަމަށެވެ. ސިޔާސީ އަމިއްލަ މަންފާއަށްޓަކައި މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތްތައް ކަމަށެވެ.

“އަމިއްލަ މަސްލަހަތުގެ ކުރިމަތީގައި ޤައުމުގެ މަޞްލަޙަތުތައް ފަހަށް ޖައްސާލެވޭތަން. މިއީ، ހިތާމަހުރި ކަމެއް. ޝައްކެއްނެތް، މިއީ، އަޅުގަނޑުމެން ވިސްނާ ފިކުރުކޮށް، އިސްލާހުކޮށް، ރަނގަޅުކުރަންޖެހިފައިވާ ކަމެއް.”

ދިވެހިންނަކީ އަބަދުވެސް އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުމަށް ބޭނުންވާ ބައެއް ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅެންޖެހިފައިވާ ބައެއް ކަމަށެވެ.

“އަޅުގަނޑުމެންނަށް ތަރައްޤީއާއި ކާމިޔާބުގެ އުސް ހަރުފަތްތައް ގިރާކުރެވޭނީ، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވެގެން. އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތު ކުރުމުގައި ރީތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް ގެންގުޅެގެން. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުންތަކަށް ބުރޫ އަރާފާނެ ހުރިހާ ކަމަކުން އަޅުގަނޑުމެން ދުރުހެލިވެގެން. ލޭގެ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުމާއި އިޖުތިމާޢީ ގުޅުންތައް ދަމަހައްޓައި އިޙްތިރާމް ކޮށްގެން.” ރައީސް ވަހީދު ވިދާޅުވި އެވެ.

ފަހުގެ