ވިހާފައި އެއްލާލާފައި އޮތް ތުއްތު އަންހެން ކުއްޖަކު ފެނިއްޖެ

ވިހާފައި އެއްލާލާފައި އޮތް ތުއްތު އަންހެން ކުއްޖަކު މާލޭގެ މަގެއްގެ މަތިން ފެނިއްޖެ އެވެ.

މި ތުއްތު ކުއްޖާ ފެނިފައިވަނީ މިއަދު ފަތިހު 05:45 ހާއިރު މ. ރިލީޒްގެ ކުރިމަތީ ދުވާރުމަތީގައި ބާއްވާފައި އޮއްވައިކަމަށް ފުލުހުންބުނެ އެވެ.

އާންމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއި ގުޅިގެން އެ ސަރަޙައްދަށް ގޮސް އެ ކުއްޖާ ނަގައިގެންް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި އައ.ޖީ.އެމް ހޮސްޕިޓަލުން އެ ކުއްޖާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި  އެކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުންބުނެ އެވެ

 ޓައިމްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ބާއްވާފައި އޮތީ ރަބަރު ކޮތަޅެއްގެ މަތީގަ އެވެ. ކުއްޖަކު ރޯ އަޑުއިވިގެން އެ ކުއްޖާ ބާއްވާފައި އޮތް ސަރަހައްދުގައި ދިރިއުޅޭ ގޭއްގެ އަންހެނަކު  އެކުއްޖާ ގޮވައިގެން އެތެރެއަށްވަދެ ފަހުން ނުކުމެ އެކުއްޖާ ބާއްވާފައި އޮތް ކޮތަޅު ފުލުހުންގެ ބޭނުމަށް ހޯދިނަމަވެސް އެ ކޮތަޅު ގެއްލިފައިވާކަމަށްވެސް ޓައިމްސް އަށް މައުލޫމާތު ލިބެ އެވެ  އެސަރަހައްދުގައި ހުރިގެއަކަށް ފުލުހުން ވަތް ކަމަށް އެސަރަހައްދުގައި ހުރި މީހަކު ޓައިމްސްއަށް މައުލޫމާތު ދިނެވެ. އެކުއްޖާ އޮތީ ފޫޅުވެސް ކަނޑައި ރީތިކޮށް ސާފުކޮށްފައިކަމަށް އޭނާ ބުންޔެވެ.

ފަހުގެ