"އިއްޒަތްތެރި" ދިޔާނާގެ "އިއްޒަތްތެރި" "x" އަކީ ކާކުބާ؟

ސައިލަންޓް އިންކުއަރީގެ ނަމުގައި ރިޕޯޓެއް ލިޔެ އާންމުކުރުމާ ގުޅިގެން އެންމެންގެ ހިތުގައިވެސް އުފެދޭ ސުވާލަކީ ދިޔާނާގެ  "x"  އަކީ ކާކުބާ؟ އެވެ.

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ފުރަމުން ދަނިކޮށް އެމަޤާމްގައި ހުންނެވި މީހެއްގެ ހަށިކޮޅަށް ނުރައްކާވާފަދަ ހަމަލާއެއްދިނުން ނުވަތަ އަވަހާރަކޮށްލުން ޤާނޫނު އަސާސީގައި މާނަ ކުރަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ. މިފަދަ އަމަލެއް ހިންގާ ފަރާތާއި އެފަދަ އަމަލެއް ހިންގުމަށް ހިތްވަރުދޭ ފަރާތާއި އެފަދަ އަމަލެއް ހިންގުމަށް ރާވާ ފަރާތާ އެކަން އެނގިހުރެ ސިއްރު ކުރާފަރާތުގެ އަދަބަކީ މަރެވެ.

1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު ތަމަޅަ ޓައިގަރުންގެ ބަޔަކާ އެކު ރާއްޖެއަށް ހަތިޔާރާއެކު އަރާ ދިވެހި ދައުލަތާ ދިވެހި ރައްޔިތުންގެ ނުރައްކަލުގެ ތެރެޔަށް ވައްޓަލި ފަރާތްތަކަކީ މި ބުނާ ޓެރަރިސްޓުންނެވެ. އެބައިގަނޑު ވަނީ ދިވެހިންގެ ތެރެއިން 19 ބޭފުޅަކު ޝަހީދުކޮށް ދިވެހި ދައުލަތް އޭރު ހިންގަން ތިބި ފަރާތްތަކުގެ ފުރާނަ ދުއްވާލުމަށް މަސައްކަތްކޮށްފައެވެ. އަދަބަކަށްވީ މަރެވެ. ރައީސްމީހާގެ ހެޔޮފުޅުކަމުން މަރުގެ ހުކުމް ލުއިކޮށް އުމުރަށް ޖަލައްލީއެވެ. އާޚިރުގައި އެ ޓެރަރިސްޓުންގެ ތެރެއިން ބަޔަކު ދެއަހަރާ ދޮޅު ދުވަހު މި ޤައުމުގެ އެންމެ އިއްޒަތްތެރި މަޤާމްތައް ފުރީއެވެ.

ތާރީޚަކީ އިއާދަވާ އެއްޗެއްކަމަށް މުސްކުޅިން ބުނާތީ އަޑުއިވެއެވެ. މިއަދު އެދުވަސް އަތުވެއްޖެއެވެ. 1988 ވަނަ އަހަރު ދިވެހި ދައުލަތުގެ ވެރިމީހާ މަރާލުމަށް ރޭވި ގޮތަށް މި އަހަރު ފެބުރުއަރީ މަހު ދިވެހި ދައުލަތުގެ ވެރި މީހާ މަރާލުމަށް މަކަރާ ހީލަތުން ބަޔަކު ރޭވިކަމަށް އެދައުލަތުން ސާކުގެ ސެކެޓްރީ ޖެނެރަލަށް އައްޔަން ކުރި ކަމަނާ ވަނީ އެކަމަނާގެ "ސައިލަންޓު ޑައިރީ" ގައި ހާމަކޮށްފައެވެ."x" ގެ ނަމުން މިމީހާއަށް މިހާރު މުހާތަބު ކުރެވެމުން އެބަދެއެވެ. ފަހަރުގަ އެމީހަކީ ކާކުކަން ސިއްރުކުރެވުނީ އޭނާގެ އަބުރާ އިއްޒަތް ހިމާޔަތްކުރުމުގެ މަޤުސަދުގައި ކަމަށްވެސް ވެދާނެއެވެ. ބާޣީންނޭ ގޮވައި ހަޅޭ ފަޅޭއް ލެވުމުގެ ބަދަލުގައި އެންމެން އެކަތިގަނޑަކަށް ވެގެން ދިޔާނާގެ  "x"  އަކީ ކާކުކަން ހޯދަން ވެއްޖެއެވެ. އެމީހަކީ ދިވެހި ޖުމްހޫރިއްޔާގެ ތިންވަނަ ޓެރަރިސްޓެވެ. ތާރީޚުގައި ކަންތައް ވެފައިވާ ގޮތުން މުސްތަގުބަލުގައި ދިވެހިން "އިއްޒަތްތެރި" މިލަގަބުން މި ބުނާ "x"  އަށް ގޮވަން ޖެހިދާނެއެވެ. ދިވެހިރާއްޖޭގެ ވެރިމީހާގެ ފުރާނަޔަށް ނުރައްކާ ކުރަން އުޅުނު އެންމެންނަށްވެސް ދިވެހިން މިލަގަބު ދީފައި ވެއެވެ.

"އިއްޒަތްތެރި" ދިޔާނާގެ ޑައިރީގައި ބުނާ ވާހަކަތަކުގެ ޖުމްލަ މާނައަށް ބަލާއިރު އެކަމަނާގެ"x"  އަކީ ހިނދުކޮޅުގައި ހުންނަ މީހެއްކަން ސާބިތުވެއެވެ. އެހެނީ ދައުލަތުގެ އެންމެ އިސް މަޤާމުގައި ހުންނަ މީހާ އަވަހާރަކޮށްލަން ރާވާ މީހަކު އެދައުލަތަކަށް ހިދުމަތްކޮށް އެވެރިމީހާގެ ރުހުން އެއްވެސް އިރަކު ހޯދި މީހަކަށް އެފަދަ ވާހަކައެއް ކިޔައެއް ނުދޭނެއެވެ. އެއީ ކަނާއަތުން ވައަތަށްވެސް ސިއްރުން ކުރަންޖެހޭ ވަރުގެ ކަމެކެވެ. އެހެން ކަމުން މި ދަންނަވާ "އިއްޒަތްތެރި" "x" އަކީ ހިނދުކޮޅުގައި ހުންނަ ބޭފުޅަކަށް ނުވަތަ ބުއްދި ހަމަނުޖެހޭ ބޭފުޅަކަށް ވުމަކީ ވަރަށް ގާތްކަމެކެވެ.

އެންމެ ފަހުން ދިވެހިންނަށް އަޑުއިވިގެން ދިޔަ އެއްހަބަރަކީ "އިއްޒަތްތެރި" ދިޔާނާގެ "އިއްޒަތްތެރި" ފިރިކަލުން "ހިތްޕަވައިގެން" ހުއްޓާ "އުފުރާލި" ވާހަކައެވެ. ދެން އިވުނީ 5 އަހަރު ތެރޭ ތިން ސަރުކާރަށް "އިއްޒަތްތެރި" ދިޔާނާ ފާޑުވިދާޅުވިވާހަކައެވެ. ފިރިކަލުންގެ ކުށް ފޮރުވަން "ހަނދުބޮޑު" ވެގެން މަތިމައްޗަށް ދޮގު ހެދީއެވެ. އެއަށްފަހު ފުލުހުން ދިޔާނާގެ ފިރިކަލުންގެ މައްސަލަ ބަލަމުންދާވާހަކަ ބުނުމުން "ހޭބޯނާރާ" އުޅެގެން ލިޔެވުނު ނުލިވުނު އެއްޗެއް ނޭގިގެން "ސައިލަންޓް މައި ފުޓް" އެއް ނެރުނީއެވެ. ހަޤީޤަތަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާ އެމަނިކުފާނު މަގުމައްޗައް ނެރޭނެ ކަމަށް އެންމެ ފުރަތަމަ ބުނި މީހަކީ ދިޔާނާގެ ފިރިކަލުންނަށް ވުމެވެ. ވީޓީވީއަށް އަރާ އަންނި ގެއިން ނެރެންވިއޭ އޭނާ އެއީ ވެރިކަމުގައި ބަހައްޓަންޖެހޭ މީހެއް ނޫނޭ ބުނީވެސް ހުދު އެކަމަނާގެ ފިރިކަލުންނެވެ. ޖުމްހޫރީ މައިދާނަށް ރެޑްބުލް ކޭހެއް ހިފައިގެން ގޮސް "ރެޑްބުލް ގިވްސް ޔޫ ވިންގްސް" ގެ އިސްތިހާރު ކުޅުނީ "އިއްޒަތްތެރި" ކަމަނާއެވެ.

އެހެން ކަމުން "އިއްޒަތްތެރި" ދިޔާނާގެ "އިއްޒަތްތެރި" "x"  އަކީ އެކަމަނާގެ "އިމޭޖިނަރީ ފްރެންޑް"އެވެ. ނުވަތަ އެކަމަނާގެ "އިއްޒަތްތެރި" ފިރިކަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޖާބިރު

    ދިޔާނާ އިރެއްގައި ހަސަން ސައީދާ ހިތާވި އަދި ކުއްޓި ނަޝީދާވެސް… މިދެމީހުން ކުރެއެކަކުހެން ހީވަނީ އެ އެކްސް އަކީ

  2. ވިލާ

    މީ ލިއުމަކަށް ނުވޭ މި ލިޔުން ޝާއިރު ކުރި ނިއުސް ވެރިއާ މި ލިޔުން ޝާއިރުކޮށްފައިވަނީ ކޮންމެވެސް މީހަކު ހަދިޔާ އެއް ދީގެން ކަމަށް ބެލެވޭ، ނިއުސް ވެރިކަމުގައި މިއަށްވުރެ ޒިންމާ ދާރުވެލައްވާ

  3. މޮހޮނު / ހުވަދޫ

    ވަރަށްވެސް ކަމުދާ ލިޔުމެއް! ދިޔާނާ ގެންގޮސް ތަޙުޤީޤު ކުރަންޖެހޭ!

  4. ޝިޔާން

    ދެން ދެންނެވޭނީ ލޮލް އޭ……!!!!!!!