ފާނަ އަދާކުރަނީ ކޮން ވަޒީފާއެއްކަމެއް ނޭނގެ: ރައީސް ވަހީދު

ފަރުތަކުގައި ފާނަ އަދާކުރަނީ ކޮން ވަޒީފާއެއް ކަމެއް ނޭނގޭ ކަމަށް ރައީސް މުހައްމަދުވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިފްތިތާޙު ކުރައްވަމުން ވިދާޅުވީ ފާނަ ނެތް ދުވަހަކީ އެއީ ރަނގަޅު ދުވަހަކަށް ނުވާނެ ކަމަށެވެ.

" ފާނަ ޤުދްރަތީގޮތުން ފަރުގައި އަދާކުރަނީ ކޮން ވަޒީފާއެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ. އެހެންވީމާ، އެބަޖެހޭ މި މެނޭޖްކުރަން. ފާނަ ނެތް ދުވަހަކީ އެއީ ރަނގަޅު ދުވަހަކަށް ނުވާނެ ހަމަގައިމުވެސް. އެހެންވީމާ، އަޅުގަނޑުމެން މިޖެހެނީ މިކަމާ ދޭތެރޭގައި އަޅަންޖެހޭ މި ފިޔަވަޅުތައް އަޅަން. އަޅުގަނޑުމެންނަށް ފާނަމަސްވެރިކަމަކީ އެއީ، ފައިދާހުރި މަސްވެރިކަމެއް." ރައީސް ވަހީދު ވިދާޅުވި އެވެ.

ކަނޑުމަހުގެ މަސްވެރިކަމަކީވެސް އެއީ ޙައްދެއްނެތި ކުރެވެން އޮތް ކަމެއް ނޫން ކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ކަނޑުމަހުގެ މަސްވެރިކަން، އަޅުގަނޑުމެން އެންމެ ބޮޑަށް ކުރާ މަސައްކަތަކީ. ނަމަވެސް، ކަނޑުމަހުގެ މަސްވެރިކަމަކީވެސް އެއީ ޙައްދެއްނެތި ކުރެވެން އޮތް ކަމެއް ނޫން. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެކަން ދެނެގެން، މި މަސްވެރިކަން މެނެޖްކޮށްގެން ރަނގަޅަށް ހިންގުމަށްޓަކައި، މި ޕްލޭން މި ތައްޔާރުކޮށްފައި މިވަނީ."

ލޮނދި ފާނައެެއް

ލޮނދި ފާނައެެއް

ކިޔުންތެރިންގެ ހިޔާލު

  1. ބޮޑުބިރު

    ނޭގެންޏާ ގޮސް ގޭގަ ހުންނަންވީނު ވަހީދޫ

  2. ސަމީރާ

    ހަހަ.. މަޖާ އިނގޭ..