ކޮރަޕްޝަން ހުއްޓުވުމުގެ ބާރު އެންޓިކޮރަޕްޝަން ކޮމިށަނަށް އޮންނަންޖެހޭ

ކޮރަޕްޝަން ހުއްޓުމުގެ ބާރަކީ އެންޓިކޮރަޕްޝަން ކޮމިށަނަށް އޮންނަންޖެހޭ ބާރެއްކަމަށް ގަބޫލުކުރައްވާ ކަމުގައި ޓްރާންޕޭރަންސީ މޯލްޑިވިސް ގެ އެޑްވެކަސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްވީ ޓައިމްސް އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއެއްގައި އައިމަން ވިދާޅުވީ ހުރިހާ އެންޓި ކޮރޮޕްޝަން ކޮމިޝަނެއްގައިވެސް މައިގަނޑު ތިންމަސައްކަތެއް އޮންނަކަމަށާއި، އެއީ ކޮރަޕްޝަން ހުއްޓުވުމާއި، ކޮރޮޕްޝަން ތަހުގީގު ކުރުމާއި، ކޮރޮޕްޝަނާމެދު އާންމުން ހޭލުންތެރި ކުރުވުންކަމަށެވެ.

” ރަނގަޅު ހުރިހާ އެންޓި ކޮރަޕްޝަން ކޮމިޝަންތަކުގަ ނުވަތަ އިދާރާ ތަކުގަ އޮންނަ ބާރެއް ކޮރަޕްޝަންގެ އަމަލެއް ފެނިއްޖެނަމަ އެކަން ހުއްޓުވުމުގެ ބާރު، އެހެވީމަ އެއީ އަޅުގަނޑުމެން ދެކޭ ގޮތުގަ އޮންނަންޖެހޭ ބާރެއް. އޮންޓި ކޮރަޕްޝަން ކޮމިޝަނަށް މިފަދަ ބާރެއް ލިބިގެންވާއިރު، ސްޕްރީމް ކޯޓުން ނިންމި ނިންމުމާމުން އެންޓިކޮރަޕް ކޮމިޝަނުގެ ބާރާމެދު ސުވާލު އުފެދޭ.”

އިއްޔެ ބަހުސް ކުރަންފެށުނު އެންޓި ކޮރަޕްޝަން ބިލުގައިވަރަށް ސާފުކޮށް އޮންނާނެ މިކަންތައްތައް ލިޔެދީފައި އޮންނާނެކަމަށާއި އެ ބިލު ފާސްވުމުން އެންޓިކޮރޮޕްޝަން ކޮމިޝަންގެ ބާރުތަކާމެދު އުފެދޭ ސުވާލުތަކަށް ޖަވާބުލިގެން ދާނެ ކަމަށް އައިމަން ވިދާޅުވި އެވެ.

“އަޅުގަނޑު ދެކޭގޮތުގަ އެބާރަކީ އެންޓިކޮރޮޕްޝަން ކޮމިޝަނުގައި އޮންނަންޖެހޭ ބާރެއް. އެހެންވީމަ މި ބިލް ފާސްކުރުމުގެމުހިންމުކަން އެބަ އިތުރުވޭ. ރަނގަޅު އެންޓޮ ކޮރޮޕްޝަން ކޮމިޝަނެއް ހަރުދަނާކޮށް ހިނގުމަށް އެބާރު ވަރަށް މުހިންމު” އައިމަން ވިދާޅުވި އެވެ.

މެލޭޝިއާގެ ނެކްސްބިޒްއާ ހަވާލުކޮށްގެން އިމިގްރޭޝަން ޑިޕާޓްމަންޓުން ގާއިމްކުރަން އުޅޭ ބޯޑަ ކޮންޓްރޯލް ސިސްޓަމް މަޝްރޫއުގެ ފަހަތުގައި ކޮރަޕްޝަނަށް މަގު ފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ބެލެވޭތީ އެކަން ތަހުގީގުކުރަންދެން މަސައްކަތް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ތާއީދުކޮށް ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ސުޕްރީމް ކޯޓުން ވަނީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ބާތިލް ކޮށްފަ އެވެ.

ގާތްގަނޑަކަށް 500 މިލިއަން ރުފިޔާގެ މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނީ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީން އިސްތިއުނާފަށް ހުށަހެޅުމުންނެވެ. ހައި ކޯޓުން އެއް ފަހަރު ވަގުތީ އަމުރެއް ނެރެފައި ވަނިކޮށް، އެ އަމުރު ނެރުނީ ޣައިރު ގާނޫނީ ބެންޗަކުން ކަމަށް ބުނެ އެ ބެންޗުގެ ހުރިހާ ނިންމުންތަކެއް ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ބާތިލްކޮށްފައިވެ އެވެ.

 ވަގުތީ އަމުރެއް ނެރޭއިރު ކޯޓުން ބަލަންޖެހޭ ކަންތައްތައް ފާހަގަކުރަމުން ސުޕްރީމް ކޯޓުގެ ހުކުގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާއަކުން ކުރަމުން ގެންދާ މަސައްކަތެއް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާ އެންގުމަކަށް އަމަލުކުރުން އެ އިދާރާތަކުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމްވާ ކަމުގެ އިހްތިމާލް ވުޖޫދުގައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ އިދާރާ އަކަށް އެފަދަ އެންގުމެއް އެންގުމުގެ ހައްގު އޭސީސީ އަށް ލިބިދޭ ގާނޫނީ ގާއިދެއް ވެސް ނެތް ކަމަށެވެ. އެހެންވެ ގާނޫނީ ބޯޑަ ކޮންޓްރޯލް މަސައްކަތް މަޑުޖައްސާލަން އޭސީސީން އެންގި އެންގުމަށް ހައި ކޯޓުން ތާއީދުކޮށް ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

ފަހުގެ