އަފްޣާން ފުލުހަކު ދިން ހަމަލާއެއްގައި އެމެރިކާ މީހަކު މަރާލައިފި

އަގްޣާނިސްތާނުގެ ފުލުހަކު ދިން ބަޑީގެ ހަމަލައެއްގައި އެމެރިކާ މީހާކު މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖަވާޒްޖަން ސަރަހައްދުގައި އަފްޣާން ކޮމާންޑަރެއް ދިން ހަމަލައެއްގައި އެމެރިކާ ފުލުހުންގެ 5 މީހަކު މަރާލިތާ އެއްދުވަސްވެސް ނުވަނީހެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހަމަލާގައި މަރާލާފައިވަނީ އަފްޣާންގައި މަސައްކަތް ކުރަމުން ދިޔަ އެމެރިކާ ކޮންޓްރެކްޓަރެކެވެ.

ފަހަކަށް އައިސް އަފްޣާން ފުލުހުންގެ ޔުނިފޯމުގައި ތިބެ އެޤައުމުގައި ހަރަކާތްތެރިވަމުންދާ ބޭރު ފުލުހުންނަށް ދޭ ހަމަލާތަށް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މި އަހަރު ތެރޭގައި މި ފަދަ ހަމަލާ ތަކުގައި އެމެރިކާ 50 މީހުން ވަނީ މަރާލާފައެވެ.

ފަހުގެ