އޮޑް ކަޕަލްގެ ތަރި ޖެކް ކަގްމަން މަރުވެއްޖެ

1970ގެ އަހަރު ތަކުގައި މަޝްހޫރުވެގެން ދިޔަ ޓީވީ ސީރީޒް “ދި އޮޑް ކަޕަލް”ގެ ތަރި ޖެކް ކަގްމަން މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ކަގްމަން މަރުވިއިރު އުމުރަކީ 90 އަހަރެވެ.

ކަގްމަންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ކުއްލިޔަކަށް ކަމަށާއި މަރުވި ސަބަބު ބުނަން ނޭގޭ ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމާގައި އެމެރިކާގެ އާރމީއަށް ހިދުމަތްކުރުމަށްފަހު ފިލްމީ ދާއިރާއަށް ނިކުތް ކަގްމަން މަރުވިއިރު އަންބަކާއި ދެ ފިރިހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ފަހުގެ