ވިޔާ ބާސާ ދޫކޮށްލަން އުޅޭވާހަކަ ދޮގުކޮށްފި

ބާސެލޯނާގެ ސްޓްރައިކަރ ޑޭވިޑް ވިޔާ އަންނަ ޖެނުއަރީގެ ޓްރާންސްފަރ ބާޒާރުގައި އެކުލަބުދޫކޮށްލަން އުޅޭކަމަށް ފެތުރިފައިވާ ވާހަކަ އެކުލަބުން ދޮގުކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ވިޔާ ބާސެލޯނާ ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކުރަމުން ބާސެލޯނާގެ ޑިރެކްޓަރ އޮފް ފުޓްބޯލް އަންޑޮނީ ޒުބިޒަރެއްޓާ ބުނީ ބާސެލޯނާއަނީ އެކުލަބުގެ މުހިންމު ކުޅުންތެރިން ޖެނުއަރީ ޓްރާންސްފަރ ބާޒާރަށް ދޫކޮށްލާ ކުލަބެއް ނޫން ކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް ވިޔާ ފެނިގެން ދާނީ ބާސާއިން ކަމަށެވެ.

“ސީރިއަސް އިންޖަރީއަކުން ރަގަޅުވެގެން މިހާރު ވިޔާ ދަނީ ރަގަޅު ކުޅުމެއް ދައްކަމުން. އޭނާއަކީ ކުލަބަށް މުހިންމު ލަނޑުތަކެއް ޖަހައިދީ ރަގަޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިއެއް. އަހަރެމެން އޭނާ ދޫކޮށެއް ނުލާނަން” ޒުބިޒަރެއްޓާ ބުންޏެވެ.

އިނގިރޭސި ކުލަބު އާސެނަލުން ވަނީ ވިޔާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ފަހުގެ