އެއާޕޯޓްސް ކޮމްޕެނީން އެގްޒިސް ބޭންކަށް 163 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އަންގައިފި

މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެގްޒިސް ބޭންކަށް 163 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ތިން ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފި އެވެ.

“މޯލްޑިވިސް ލީކްސް” ނަމަކަށް ކިއާބަޔަކު އިންޓަނެޓުގައި ލީކު ކޮށްލާފައިވާ އެސިސްބޭންކުގެ ސިންގަޕޫރު ބްރާންޗުން އެމްއޭސީއެލްއަށް މިދިއަ ހުކުރުދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ،2010 ވަނަ އަހަރުގެ ނޮވެންބަރު 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއާއި ޖީއެމްއާރާއި ދެމެދު ވެފައިވާ އެއްބަސް ވުމުގައި ހަރަދުވާ ފައިސާ ލޯނުގެ ގޮތުގައި ދިނުމަށް ހަމަޖައްސާފައިވާ ބޭންކަކީ އެގްޒިސް ބޭންކު ކަމަށާއި އެކަމަށް ގެރެންޓީ ދީފައިވަނީ ދިވެހިރާއްޖެއިން ކަމަށެވެ.

ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ޖީއެމްއާރާއި އެކު އެމްއޭސީއެލްއިން ވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށާއި، އެގްރީމަންޓު އުވާލައިފިނަމަ އެ ބޭންކުން ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާ ދައްކަންޖެހެނީ ގެރެންޓީ ދީފައިވާ ފަރާތުންކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް ލާރި ހޯދުމަށް އެ ބޭންކުން ކުރި މަސައްކަތުން އެމްއޭސީއެލްގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށްވެސް އެގްޒިސް ބޭންކުގެ ސީއީއޯ ސޮއިކުރައްވައި އެމްއޭސީއެލްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

އެމްއޭސީއެލްއިން 163596347.78 އެމެރިކާ ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށާއި، ލަސްވާ ކޮންމެ ދުވަހަކަށް ލޯނުގެ އިންޓަރެސްޓު ބޮޑުވަމުން އަންނާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ. އެ ފައިސާ ދައްކާނެކަމުގެ ޔަގީންކަން ލިއުމަކުން އެ ބޭންކަށް އެރުވުމަށާއި، ތިން ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެގްޒިސް ބޭންކުން އެމްއޭސީއެލްއަށް އަންގާފައިވެ އެވެ.

އެގްޒިސް ބޭންކުން ފޮނުވާފައިވާ ސިޓީ: 1-22badac9af

2-bfdfe98cb9

ފަހުގެ