ސައިބަރ ޕޮލިސިންގ ދާއިރާ ތަރައްޤީކުރުމަށްޓަކައި ފިލިޕީންސް ސަރުކާރުން އެހީވަނީ

ސައިބަރ ޕޮލިސިންގ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ފިލިޕީންސް ސަރުކާރުން އެހީތެރިކަން  ފޯރު ކޮށްދެއްވާނެކަމަށް ފިލިޕީންސްއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސިޑަރ މރ. ބަހްނަރިމް އަބޫ ގުނޮމްލާ ވިދާޅުވެއްޖެއެވެ.

އިއްޔެ މެންދުރު ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޟްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ބަހްނަރިމް އަބޫ ގުނޮމްލާ ވިދާޅުވެފައިވަނީ ސައިބަރ ޕޮލިސިންގ ދާއިރާ ތަރައްޤީކުރުމަށް ފިލިޕީންސްގެ ސައިބަރ ޕޮލިސިންގ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ކޮންސަލްޓެންޓުންގެ އަމަލީ އެހީތެރިކަން އަދި ސައިބަރ ޕޮލިސިން ދާއިރާއިން ދިވެހި ފުލުހުން ތަމްރީނުކުރުމަށް އެހީތެރިކަން ދެއްވާނެކަމަށެވެ. އަދި މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތް ތަރައްޤީ ކުރުމަށް ފިލިޕީންސްގެ ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހާމަކޮށްފައިވެއެވެ.

ފަހުގެ