މިނިސްޓަރ މުއިއްޒުގެ ގޭގައި މަރުވި ބިދޭސީ މީހާގެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރަންޖެހޭ

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ ގޭގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރަންޖެހޭކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ފޭސްބުކް ޕޭޖުގެ ސްޓޭޓަސްގައި އަދި ޓްވިޓަރގައި ވިދާޅުވެފައިވަނީ، ހިއުމަން ޓްރެފިކިންއަކީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި، މިމަހު 22 ވަނަ ދުވަހު މަރުވެފައިވާ ޒުވާން ބިދޭސީ މީހާގެ  މަރާމެދު ސުވާލުއުފެދޭކަމަށާއި، އޭނާގެ ހަށިގަނޑު ޕޯސްޓު މޯޓަމާއި ޑިއެންއޭ ފަދަ ޓެސްޓުތައް ހަދައިގެން ތަހުގީގުކުރަންޖެހޭކަމަށެވެ.

ޓައިމްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިއަ ހޮނިހިރު ދުވަހު ހައުސިން މިނިސްޓަރ މުއިއްޒު ދިރިއުޅުއްވާ މ. ޗާނދަނީގޭ ނުވަ ވަނަ ފަންގިލައިން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 24 އަހަރުގެ ޖޭސްމީން ކިއާ ބަންގުލަދޭޝް އަންހެނެ ކެވެ.

މިކަމާގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިއާޒް ވިދާޅުވެފައިވަނީ އަމިއްލައަށް މަރުވި މީހާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.

އެމީހާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ކޮމިޝަނަރ ރިއާޒު ވިދާޅުވި ކަމުގައިވިއަސް ބައެއް ސިއާސީ ބޭފުޅުން ދަނީ އެމީހާ މަރުވެފައިވާ ގޮތާމެދު ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ބާކީ

    މިދެން ކާކު؟ ނުދަންނަ ކަމެއްވެސް ނޯވޭ! އަފްރާޝީމް މަރާލީ ކާކުކަންވެސް ދަނޭ! މީދެން މިގައުމުގެ ޑޮންތަ؟ ކޮންމެ އެއްޗެއް ކިއަސް ކަލޭ ދާންޖެހޭނީ ޖަލަށް! 2013 އަކަށް ކަލޭއަށް ކުރިމައްޗެއް ނުލެވޭނެ! ދެން ލަލަލާ!!

  2. އަނީ

    ހަގީގަތުގަވެސް ވަރަށް ބުއްދިވެރިކަމެއް. މިކަން ތަހުގީގުކުރަން އިބަޖެހޭ