މުހައްމަދު އަލީއަށް ފިޔަވަޅު އެޅުމަށް ނަޝީދުގެ އޮފީހުން ހުޅުމާލޭ ކޯޓަށް ގޮވާލައިފި

ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަން ޑރ. މުހައްމަދު އަލީއަށް ފިޔަވަޅު އެޅުމަށް ރައީސް ނަޝީދުގެ އޮފީހުން ހުޅުމާލޭ ކޯޓަށް ގޮވާލައިފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މިއަދު ހުއްޓުވާފަވަނީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށާއި، އަދި ޤާނޫނުއަސާސީއަށް ހުރުމައްތެރިކޮށް ހިއްތަވުމަށާއި، ރައީސް ނަޝީދުއަށް ފުރައްސާރަކުރައްވައި، ޖެއްސުންކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މިޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލެއްވުމަށް މިހާރު މިއޮތް ސަރުކާރަށް ގޮވާލަމެވެ.

ހުޅުމާލޭ ކޯޓުން އަމުރުކުރައްވައިގެންކަމަށް ވިދާޅުވެ، ތަކުރާރުކޮށް އެކޯޓަށް ނިސްބަތްކުރައްވައި، ދޮގު ހައްދަވާފައިވާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަންއާ މެދު ފިޔަވަޅު އެޅުއްވުމަށްވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިފުރުޞަތުގައި ގޮވާލާ ކަމަށެވެ.

ރައީސް ނަޝީދުގެ ބައްޕާފުޅުގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނިކޮށް، އެކަމަށް ޤަސްތުގައި ހުރަސް އަޅުއްވައި، މިހާރު މިއޮތް ސަރުކާރުން ކުރެއްވި މިޢަމަލު  އެއޮފީހުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި، މިނިސްޓްރީ އޮފް ހޯމްއެފައަރޒްގެ ދަށުން ހިނގަމުން އަންނަ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ރައީސް މުޙައްމަދު ނަޝީދު ފުރާވަނޑައިގަތުން އިއްޔެ ހުއްޓުވާފައިވަނީ ދޮގު މަޢުލޫމާތު ދެއްވުމަށްފަ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެ އެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުން މަނާކުރައްވައި، އެބޭފުޅުންނަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި، މީޑިއާއަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުންވެސް އެފަދައިން ކަނޑައެޅިގެން ދޮގު މަޢުލޫމާތުދެއްވާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފަހުގެ