ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް ހޯދައިދިނުމުގެ ނަމުގަ ގައުމީ ހަރަކާތުން ހިންގަނީ ޓެރަރިޒަމް

ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް ހޯދައި ދިނުމުގެ ނަމުގަ ގައުމީ ހަރަކާތުން ހިންގަނީ ޓެރަރިޒަމާއި މަޖިލީސް މެމްބަރުންނަށް ބިރުދެއްކުންކަމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

“ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް” ނަމުގައި ގައުމީހަރަކާތުން އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދާ ހަތަކާތް ބައްލަވާލެއްވުމަށް އަލްހާން ރޭ ވަޑައިގަތުމުން އޭނާއަށް ހަމަލާދިނުމާ ގުޅިގެން ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުގައި އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް ނަމުގައި ކުރިއަށްގެންދާ ހަރަކާތަކީ ރައީސް ވަހީދަށް މަޖިލީސް ހޯދައި ދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، އެ ހަރަކާތަކީ ރައްޔިތުންގް މަޖިލީސް މެމްބަރުންނަށް ބިރުދެއްކުމަށް ކުރިއަށް ގެންދާ ޓެރަރިޒަމް ހަރަކާތެއް ކަމަށެވެ.

“ހަގީގަތުގަ މި ހިނގަނީ ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް ހޯދުމުގެ ހަރަކާތެއްނޫން. މިހާރު މި ހިނގަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކައިގެން ވަހީދުއަށް ރައްޔިތުންގެ މަޖިލީސް ހޯދުމުގެ ހަރަކާތެއް. މީސީދާ އިންޓިމިޑޭޝަން. މީ ސީދާ ބިރުދެއްކުން. މިއަށް ކިއަނީ ޓެރަރިޒަމް.”

ރައީސް ވަހީދާއި ރައީސް ވަހީދުގެ ކެބިނެޓަށް ދުވަހަކުވެސް ވޯޓު ނުދޭނެކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ، އޭނާ އާޓިފިޝަލް ބީޗަށް ރޭ ވަޑައިގަތުމުން އޭނާއާއި ދެކޮޅަށް އަޑުއުފުލުމުގައި އެންމެ އިސްކޮށް އުޅުނީ ރައީސް ވަހީދުގެ ކުރީގެ ތަރުޖަމާނު އަދި މިހާރު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްބާސް އާދިލް ރިޒާ ކަމަށެވެ. އަލްހާންގެ ދައްބަނޑުގައި މީހަކު ދެ ފަހަރު ޖެހި ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

“އެންމެ ފުރަތަމަ އަޅުގަނޑާ ދެކޮޅަށް ކަލޭ މިތަނަށް އައީ ކާކު ބުނެގެންހޭ ކިއާފަ ތެދުވީ އައްބާސް އާދިލް ރިޒާ. ދެން އަޅުގަނޑަކަށް ނޭގެ ދެންވީގޮތެއް އެ ފަހުން ވަށައިގަތީ. ވަށައިގެން ބޮނޑީގަ މީހަކު އަޅުގަނޑު ގައިގަ އަޅުގަނޑުގެ ދައްބަނޑުގަ ދެފަހަރަކު ޖެހި.”

އާޓިފިޝަލް ބީޗުން ނުކުމެ ނަސަންދުރައަށް އަލްހާންވަޑައިގެން މަގުމަތީގައި ފުލުހުންގެ ޖިޕެއްކައިރިކޮށް އަލްހާނާއި ބޭއަދަބީ ބަހުން މުހާތަބު ކޮށްފައިވާކަންވެސް އަލްހާން ފާހަގަ ކުރެއްވި އެވެ.

ރައީސް ވަހީދުގެ ތަރުޖަމާނުކަމުން އައްބާސް އާދިލް ރިޒާ ވަކިކޮށްފައިވަނީ “ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް” ނަމުގައި ގައުމީ ހަރަކާތުން ކުރިއަށް ގެންދިއަ ހަރަކާތުގައި އިންޑިއާގެ ހައިކޮމިޝަނަށް ޑީއެމް މުލޭ އަކީ ޖީއެމްއާރުން ރިޝްވަތު ނަންގަވައިގެން ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމާ ގުޅިގެނެވެ. ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރި އައްބާސް ވަނީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އާއި ގުޅިވަޑައިގެންފަ އެވެ. އައްބާސް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ސީދާ ރައީސް ވަހީދު އޯޑަރަށް ކުރައިއަށް  ގެންދާ ހަރަކާތްތަކެއް ކަމަށް ސިއާސީ ބޭފުޅުން އަންނަނީ ސިފަކުރައްވަމުންނެވެ.

ގައުމީ ހަރަކާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގައިގައި ޖަހާ މާރާމާރީ ހިންގާފައިވާއިރު، މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންވެސް ވަނީ ގައުމީ ހަރަކާތާއި މެދު ނުރުހުންފާޅު ކުރައްވައި ވާހަކަ ފުޅުދައްކަވާފަ އެވެ. ގައުމީ ހަރަކާތާގުޅޭ ގޮތުން ޔާމީން ވިދާޅުވެފައިވަނީ ރާއްޖެ އަށް ދަތިކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ކައިރިން ގޮވާލަން އޮތީ އިންޑިއާ ކަމަށާއި އެފަދަ ގައުމަކާއި ރާއްޖެއާ ދެމެދު އޮތް އެކުވެރި ގުޅުމުގައި ކޫރު އެޅިފައިވާ ނަމަ އެކަން ދިމާވީ “ރައްޔިތުންގެ ގައުމީ ހަރަކާތު”ގެ ސަބަބުން ކަމަށެވެ.

ފަހުގެ