އަންނަ ހަފްތާތެރޭ އެމްޑީޕީން އިންގިލާބު އިއުލާނު ކުރާނެ

އަންނަ ހަފްތާގައި އިންގިލާބު އަންނާނެ ފަދަކަންތަކެއް އެމްޑީޕީން އިއުލާނު ކުރާނެކަމަށް އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ އަދި މީޑިއާ ކޮމެޓީގެ ނައިބު މުގައްރިރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ޝައުނާ ވިދާޅުވީ، އަންނަ ހަފްތާތެރޭގައި އިންގިލާބެއް އަންނާނެފަދަ ކަންތައްތަކެއް އެމްޑީޕީން އިއުލާނު ކުރާނެކަމަށެވެ.

"އެކެއް އަނެކެއްގެ ކިބައިން ހިއްވަރުލިބިގެން. މިރާއްޖޭގެ ޒުވާނުންނަށާ މިރާއްޖޭގެ ރައްޔިތުންނަށް އިންގިލާބެއް އަންނަވަރުގެ ކަންތައްތައް އަޅުގަނޑުމެން މުސްތަގުބަލުގަ ކުރާނަން. އަންނަ ހަފްތާގަ އަޅުގަނޑުމެން އިއުލާނުކުރާނަން ޒުވާނުންނަށް އިނގިލާބެއް އަންނާނެފަދަ ކަންތައްތަކެއް."

ޝައުނާ ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ވެފައިވާ ކަންތައްތައް ދުވަހަކުވެސް ކަމުނުދާނެ ކަމަށެވެ.

"ދުވަހަކުވެސް ކަމަކުނުދާނެ ފެބުރުއަރީ ހަތްވަނަ ދުވަހު ހިނގި ކަންތައްތަކެއް. ބާގީވަހީދު ކޮންމެފަދަ ކަންތައްތަކެއް ކުރިއަސް ޒުވާނުންނެއް ދެނެއް ވޯޓެއް ނުދޭނެ. ތިތަނުން އަވަހަށް އެނބުރި ވަޑައިންނަވާށޭ. އިންތިހާބެއް ބާއްވާށޭ. އިންގިލާބަކުންވެސް އަޅުގަނޑުމެން މި ސަރުކާރު ބަދަލުކުރާނަމޭ."

ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ބަޔަކު އެބައުޅޭކަމަށްވެސް ޝައުނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިހެންދަންނަވާއިރު އެނގޭ ފަހަރި އިމްރާނު އަޅުގަނޑުމެންނާ ދިމާލަށް އޭތި މީތި ވާހަކަ ދައްކާނެކަން. އެހެންނަމަވެސް މި ބުނަނީ ރާއްޖޭގަ އެކްސްޓްރީމިޒަމް އެބައޮތް. އަޅުގަނޑުމެންނަށް ކަމަކުނުދޭ ކަންތައްތަކެއް. މާތްވި އިސްލާމްދީނާއި ދީނައްޓަކާ އަކީ ކުޑަކުދިންނަށް ވެކްސްިން ނުދިނުމެއްނޫން. އަޅުގަނޑުމެންގެ އަންހެން ދަރިންނަށް ކިޔެވޭނެ ފުރުސަތު ހޯދައި ނުދުނިމެއް ނޫން. މާތްވި އިސްލާމް ދީނާއި ދީނައްޓަކައަކީ ކުޑަކުދިންލައްވާ ކައިވެނި ކުރުވުމެއްވެސް ނޫން. މާތްވި އިސްލާމް ދީނާ ދީނައްޓަކައަކީ ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓަރުން އަނބުރާ ފޮނުވާލުމެއްވެސް ނޫން. އަޅުގަނޑުމެންނަށް މާތްވި އިސްލާމްދީނާއި ދީނައްޓަކައަކީ އިސްލާމް ދީނުގެ އަގީދާ ހަރުދަނާ ކުރެވޭނެ ނިޒާމެއް ގާއިމްވެފައޮތުން."

ޓްވިޓަރ އާއި ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކުތައް ބަންދުކުރުމަށް ރައީސް މުހައްމަދު ވަހީދު މަސައްކަތް ކުރެއްވި ނަމަވެސް އެކަންވެސް ނުވާނެކަމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ ވިދާޅުވި އެވެ.

"ބާގީ ވަހީދު އުޅޭގޮތްވެސް އަޅުގަނޑުމެން ބަލަން. ބާގީ ނާޒިމު އުޅޭގޮތްވެސް އަޅުގަނޑުމެން ބަލަން. އަޅުގަނޑުމެން މިއަންނަނީ ހަބަރުތައްވެސް ބަލަމުން. އަޅުގަނޑުމެން އަންނަނީ ހަބަރުތައް ބަލާފަ އޭއްޗިސްތަކަށް ކޮމެންޓުވެސް ކުރަމުން. ފޭސްބުކް ވެސް އަޅުގަނޑުމެން ބޭނުންކުރާނަން. ޓްވިޓަރވެސް ބޭނުންކުރާނަން. ނިކަން ކެރިގެން އެކަންތައްތައް ކުރާނީ. ޗިއިނާ ކަހަލަ ގައުމުތަކުގެ އޭޗިހިތައް މަނާކޮށްފަ ހުއްޓަކަސް ލާހިކެއްނޫން ބާގީ ވަހީދަށް ރާއްޖޭގަ ޓްވިޓަރ މަނާކުރާކަށްވެސް. ފޭސްބުކް މަނާކުރާކަށްވެސް. އަދި އަޅުގަނޑުމެންގެ އަންގަ ބަންދު ކުރާކަށްވެސް ހަމަ ލާހިކެއް ނޫނޭ."

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު އިންގިލާބަކުން ބަދަލުކޮށްލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ޑިސެންބަރު 11 ވަނަދުވަހު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރު ފާސްވީ، އެ ބައްދަލުވުމުގައި ބައިވެރިވި 30 މެމްބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ހިޕްސްޓަރ ޒައީމު

    ހަސަނާ، މާމޮޅު ދީނީ ދަންނަބޭކަލަކަށްވެގެން ޝައުނާއަށް ބަވާނެ ކަމެއް ނެތް. ސާފުސީދާ މަގު ވަރަށް ސާފު. ފޮތެއް ބާއްވާލެއްވީ މަގުދެއްކެވުމަށް، ރަސޫލަކުފޮނުއްވީ އަންގާދެއްވުމަށް، ޚަބަރު ދެއްވުމަށް. އެކަންވަނީ ނިމިފައި. ދެން ހަސަނަށް ޤަބޫލުކުރެވޭ އަދި ވިސްނޭ ގޮތަކަށް ނޫން އެހެން އެންމެން އުޅެންޖެހޭނީކީ. އަދި އަދާލަތަށް ޤަބޫލުކުރެވޭ ގޮތަކަށްވެސްނޫން. ޤިޔާމަތްދުވަހު ސުވާލުވެވޭނީ އެނަފްސެއް ކުރި ކަމަކާމެދު އެނަފްސަކާ. ތަންގަނޑު އެންމެންނަކާނޫން! ކުޑަކުދިންނާ ކައިވެނި ކުރުމަކީ ދީނީ ކަމަކަށް ހަދަން ބަޔަކު އުޅުނަސް އެކަމެއް ނުވާނެ. އެއީ ދީނުގައި ރައްކާތެރި ކުރައްވާފައިވާ މައުސޫމް ބައެއް. ޞިއްޙަތަކީ ރައްކާތެރިވާން އަންގަވާފަ އޮތްއެއްޗެއް، ވެކްސިން ދޭންޖެހޭނީ!! ދެން މިކަންކަމާ ދެކޮޅުވީމާ އެއީ ލާދީނީ ވީކީ ނޫން. މިޤައުމުގައި ގަދަބާރުން ވަކި ދީނީ ފިކުރަކަށް މީހުން އެނބުރި ޒަމާން ހިނގައްޖެ. އެއީ މައުމޫނުގެ ޗިލީސޯސް ޒަމާން. އެކަކު އަނެކެއްގެ ފިކުރަށް އިޚްތިރާމްކޮށް ކާފަރެކޭ ނުކިޔާ ރީތި ގޮތުގައި އަޚުންގެ ގޮތުގައި މިޤައުމުގައި އުޅެންވީ ނޫންތޯ؟ މިކަން ނުވާނަމަ ކީއްކުރާ ޑިމޮކްރެސީއެއްތޯ؟؟!

  2. ާﷲ ސުބުހާނަހޫ ވަތަޢާލާގެ ޝަރީއަތަށް ގޮންނުޖެސެވުމަށް ޝައުނާއަށް ނަސޭހަތްތެރިވަން. އެކްސްޓްރީމިޒަމްއޭ ކިޔައިގެން ވާހަފުޅުދައްކަވާއިރު ތިމާގެ އަމިއްލަހާލާމެދު ވިސްނާލުން ބުއްދިވެރިވާނެ. ޝައުނާމެން އެބޭނުންވާމެދުމިނުގެ ދީނަކީ ނަމުގަމުސްލިމުންގެ ގޮތުގަތިބުންތޯ ހުކުރުދުވަހު އެކަނި ހުކުރަށްދިޔުންތޯ؟ އެހެނިހެންނަމާދުތަކުގަ ބައްލާވާ މާލޭގެމިސްކިތްތަކުގެ ކިތައްސަފުތޯފުރެނީ…މީހަމަގައިމުވެސް ﷲ އާއެކަލާނގެ ނަބިއްޔާ ގެންނެސްދެއްވި ދީނަށް ފުރިހަމަޔަށް ޢަމަލުކުރުމެއްނޫން. އެމްޑީޕީގެ ފުރިހަމަ މެމްބަރެކަށް ވޭތޯ ހަމައެކަނި ޕާޓީގެ ރަޖިސްޓަރ ގަ ނަންއޮތީމަ އެމީހަކު ޕާޓީގެ އެއްވެސް ހަރަކާތަކު ބައިވެރިޔެއްނުވޭ، ޕާޓީކުރިއަރުވަން މަސައްކަތްވެސް ނުކުރޭ، ދެންމިމީހާޔައްވެސް ކިޔަންވީ ޕާޓީމެމްްބަރުތޯ؟؟؟؟؟ މިމީހެކޭ ނަމުގަ ތިމާމީ މުސްލިމެކޭ ބުނާމިހާޔާހުރި ތަފާތަކީ ކޮބާތޯ؟ އެހެންވީމަށް ﷲ ގެ ދިނާމެދު ޢާފިލްވެހުރެ އެކްސްޓރީޒަމްއޭނުކިޔުއްވާ…ތިބާވެސް މަރުވާނެ ކަންދެނެހުރެ ﷲ ގެ ހަޡުރަތައް ރުޖޫއަކުރެވޭނޭ ދުވަހައް ބިރުވެތިވެލައްވާ…
    ހަޤީގަތާއެއްގޮތައް ވާހަކަ ފުޅުދައްކަވަންޏާ ވެކްސިން ދިނުމާދެކޮޅުހެދީ ދީންރަނގަޅަށް ނުދަނެތިބި މަދުމީސްކޮޅެއް އެމީހުން އަތުގަ ދީނީކުޑަވެސް ޢލްމެއްނެތްކަމުގެ ހެއްކެއެއީ އެގޮތައްއެމީހުން ދެކުން. މިވާހަކަމިގޮތައް ތިކަހަލަސިޔާސީ ބޭފުޅުން މާބޮޑެތި ކަންތައްތަކެއްގެ ގޮތުގަ މުޖްތަމައުއަށް ދައްކައިގެން މުޖްތަމައުފަސާދަ ކުރައްވަން މަސައްކަތްނުކުރައްވާ..އިސްލާމްދީނުގަ އޮތީ އަންހެނުންގެ ހައްޤުތައް އެންމެބޮޑަށް ހިމާޔަތް ކުރެވިފަ ތިމާކިތައްމެ ދީނާދެކޮޅުވިޔަސް.ބައިނަލްއަގްވާމީ މުއާހަދާތަކުގަޔެއްނޫން ނޫނީ އެފަދަޖަމިއްޔާތަކުންންވެސް ނޫން އަންހެނުންނަށް ފުރިހަމަރައްކާތެރިކަމާ އަޅާލުން ދިނީ. އިސްލާމްދީން އެމަތިވެރިކަމާ ރައްކާތެރިކަމާ އަޅާލުންދިނީ..
    ދެންބުނެލަން އޮތީއިމްރާންގެ ވާހަކަ ،އިމްރާންގެ އެޢަމަލްތަކަކީ އިސްލާމްދީން ޤަބޫލްކުރާއުސޫލް ތަކެއްނޫން، އޭނަޔަށް އިސްލާމްދީންރަނގަޅަށް ނޭގޭކަމުގެ ހެކި އޭނަޔާ އޭނަގެއައުވާނުން ގޮވައިގެން މަގުމައްޗަށް ނުކުމެ ހަޅެލަވަމުން ގެންދިއުން.. އިލްމުވެރިންގެ ބަސްތައްދޮގުކޮށް މީސްތަކުނަށް ހައްޤާބާތިލް އޮޅުވާލާ މީސްތަކުން އަނދަވަޅަކަށް ވައްޓާލުން. ﷲ ގެ ދީނަށް އުޅެން އުޅޭ ކޮންމެ ދިވެހިރައްޔިތަކީ އިމްރާންއަށް ތާޢީދުކުރާ އޭނަގެ ވިސްނުމާފިކުރުގެ ބަޔެެއްނޫން. އަދިއަދާލަތުޕާޓީގެ ފިކުރެއްވެސް ނޫން. އެބައިމީހުންގެ ޕާޓީއަކީ ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލަ ﷲ ގެ ޕާޓީއަށް ނިސްބަތްވުން.

  3. މަވެސް ޕީޕީއެމް

    އިންގިލާބެއްތަ ނޫނީ ލޭއޮހޮރުމެއްތަ؟؟ އިންގިލާބު އަވަސްކުރޭ!!!

    • މައްސަލައެއްނެތްތާ ލޭއޮހޮރުވުމަކަށް ވިޔަސް..