ޑިފެންސް މިނިސްޓަރ ނާޒިމް ސިރީލަންކާއަށް

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފި ކަމަށް މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

މިއަދު ސްރީލަންކާއަށް ޑިފެންސް މިނިސްޓަރ ފެއްޓެވި މިދަތުރުފުޅަކީ، ސްރީލަންކާ މިލިޓަރީ އެކަޑަމީން ބާއްވާ ތަމްރީނު ކޯހެއްގެ ޕާސިންގ އައުޓް ޕެރޭޑު ޝަރަފްވެރިކޮށްދެއްވުމަށް ސްރީލަންކަން އާމީގެ ފަރާތުން އެމަނިކުފާނަށް ދައުވަތު ދެއްވާފައިވާތީ އެކަމަށްޓަކައި ފެއްޓެވި ދަތުރުފުޅެއް ކަމަށް އެމްއެމްޑީއެފްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި، ސްރީލަންކާ މިލިޓަރީ އެކަޑަމީން މިމަހުގެ 22 ވަނަ ދުވަހު ބާއްވާ ޕާސިންގ އައުޓް ޕެރޭޑް ގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ޖީއެމްއާރު ރާއްޖެއިން ފޮނުވާލުމަށްފަހު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ޗައިނާ އާއި އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. ޖީއެމްއާރު ފޮނުވާލިފަހުން ނާޒިމް އިންޑިއާއަށް އެއްވެސް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެއްނުވެ އެވެ.

ޗައިނާއާއި އަސްކަރީ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން ސޮއިކުރުމާއި އެކު ދިވެހިންނަށްވަނީ އިންޑިއަށް ދިއުމަށް ވިސާނެގުމުގައި ދަތިތަކަކާއި ކުރިލާންޖެހިފަ އެވެ.

ފަހުގެ