ސިއްރުވޯޓު ނުނެގުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފައި އޮތަސް ނާޒިމަށް ޗިޓު ފޮނުވޭނެ

ސިއްރު ވޯޓެއް ނުނެގުމަށް ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ކޮށްފައި އޮތަސް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ފޮނުވާ 14 ދުވަހުގެ ޗިޓު އޭނާއަށް ފޮނުވޭނެކަމަށް މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ވީޓީވީ ބޮޑުފެންޑާ ޕްރޮގުރާމުގައިވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އިތްބާރުނެތްކަމުގެ ވޯޓު ސިއްރުނުކުރުމަށް ސްޕްރީމްކޯޓުން ވަގުތީ އަމުރެއް ނެރެފައި އޮތްކަމުގައިވިއަސް އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ކަނޑައަޅައިފާ ފަތާތްތަކަށް 14 ދުވަހުގެ ޗިޓު ފޮނުވުމަށް މަޖިލީހުގެ ގަވައިދުގައިވެސް ބުނެފައުވާކަމަށެވެ.

“މަޖިލީހުގެ ސްޕީކަރ ކަންތައް ކުރައްވާފައި އޮތީ ގޯސްކޮނޭ ދެންނެވޭކަށްނެތް އިނގޭތޯ. އެއީ ގާނޫނު އަސާސީގަވެސް އަދި މިކަމާބެހޭގޮތުން މަޖިލީހުގަ ހަދާފަހުރި ގަވާއިދުގަވެސް އެބަބުނޭ މިކަހަލަ މައްސަލައެއް ވަނުމަށްފަހު 14 ދުވަހުގެ ނޯޓިސްއެއް އެބަ ދޭންޖެހޭކަމަށް.”

ޔާމީން ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމުގައި ނޯޓިސް ދޭން ނުޖެހޭނެކަމަށް ބުނެފައި ނުވާކަމަށާއި، އެ ހުކުމުގައި ބުނެފައިވަނީ، ސިއްރުވޯޓެއް ނަގާފަދަ ހާލަތެއް އަތުވެއްޖެނަމަ ސްޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް ސިއްރުވޯޓެއް ނުނެގުމަށްކަމަށެވެ.

“ނޯޓިސްއެއް ފޮނުވީ. ނޯޓިސް ހަމަވުމުގެ ކުރިން ސްޕްރީމް ކޯޓުން ފައިސަލާކުރައްވާފަ ގޮތެއްނިންމެވީމަ އެގޮތަކަށް މަޖިލީހުން އަމަލުކުރާނެ.”

ސްޕްރީމް ކޯޓުން 14 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ފަހުގެ