އަދާލަތު އިމްރާނު އިސްވެ ހުންނަވައި ޤައުމީ ހަރަކާތުގެ ނަމުގައި ހިންގާ ހަރަކާތްތަކަށް ޕީޕީއެމް އިން ފާޑު ކިޔައިފި

އަދާލަތު އިމްރާނު އިސްވެ ހުންނަވައި ޤައުމީ ހަރަކާތުގެ ނަމުގައި ހިންގާ ހަރަކާތްތަކަށް ޕީޕީއެމް އިން ފާޑު ކިޔައިފިއެވެ. ރޭ ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖލީހުގެ މުލަކު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވީ ޖީއެމްއާރުގެ އެގްރިމެންޓް ނިމުމަކަށް ގެނައީ މަގުމަތިން ނޫންކަމަށާއި އެއީ ސަރުކާރުގެ ތެރެއިން ނިންމި ނިންމުމެއްކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެނިންމުން ނިންމުމުގައި ޕީޕީއެމްއިންކުރަންޖެހުނު ހުރިހާކަމެއްވެސް ކޮށްފައިވާނެ ކަމަށެވެ. ޤައުމީ ހަރަކާތުން ހިންގަމުންގެންދާ ހަރަކާތްތަކުގެ ސަބަބުން އަދި ސަރުކާރަށްވެސް އުނދަގޫތަކެއް ކުރިމަތިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި ސީދާ ގޮތެއްގައި ޤައުމީ ހަރަކާތުގައި ޕީޕީއެމް އިން ބައިވެރިވެފައެއް ނުވެއެވެ. އެގޮތުންޕީޕީއެމްގެ ނައިބްލީޑަރ އުމަރު ނަސީރު އެހަރަކާތުގައި ބައިވެރިވެފައިވަނީ އަމިއްލަ ހައިސިއްޔަތުން ކަންވެސް ޔާމީން ފާހަގަކުރެއްވިވެ.

އިންޑިއާ އާއި ރާއްޖެއާ ނުވަތަ ދެ ގައުމުގެ ދޭދޭ ފަރުދުންނާ މައްސަލަ ޖެހޭ ހިސާބަށް ކަންތައް ދުއްވާލީމާ އޭގެ ނުރަނގަޅު އަސަރު ރާއްޖެއަށް ކުރާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަމަށާއި، އިންޑިއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަށް ބުރުލެއްއަރައިފިނަމަ އެކަން ދިމާވެފައިވަނީ ޤައުމީ ހަރަކަތުގެ ސަބަބުންކަމަށް ޔާމީން ވިދާޅުވިއެވެ.

"އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. އެކަން އެގޮތަށް ކުރާކަށް ނުޖެހޭނެ. އެއާޕޯޓް އަތުލީ ހުރިހާ ޕާޓީތަކުން ސަރުކާރުގައި ދަންނަވައިގެން ސަރުކާރުން އެކަން ކުރައްވަން ނިންމެވުމުން. އެއީކީ ގައުމީ ހަރަކާތުން ސަރުކާރަށް ޕްރެޝަރުކޮށްގެން ނިންމި ކަމެއް ނޫން." އބްދުﷲ ޔާމިން ވިދާޅުވި އެވެ.

ޔާމީން ވަނީ ސަރުކާރުގައި ހިމެނޭ އިއްތިހާދުން ސަރުކާރަށް ޕްރެޝަރ ކުރުމަށް ޤައުމީ ހަރަކާތުގެ ގޮތުގައި ހިންގާ ހަރަކާތްތަކަކީ ޒިންމާދާރުކަން ކުޑަ ހަރަކާތްތަކެއް ކަމަށް ސިފަކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޤައުމީ ހަރަކާތުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ނަތީޖާ އެއްވެސް ވަރަކަށް ރަނގަޅުވާނެ ކަމަކަށް ޤަބޫލު ނުކުރަށްވާ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ރަސްގެ

    ތިޔަ ވިދާޅުވެވުނީ، އެއަރޕޯޓު އަތުލުމުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވެއްޖެ ކަމަށް، އަދި އިތުރަށް ތިޔަ ވިދާޅުވަނީ، ތިމަންނާ މެން (ބާޣީ ސަރުކާރުން)ނޭ އެއްބަސުވުން އުވައިލީ، އެހެންވީ، އިމުރާނަށްވުރެ ބޮޑަށް މަނިކުފާނުގެ ޒިންމާ އެކަމުގައި (ދެގަމުގެ ދެމެދުގައި ގުޅުން ގޯސްވުމުގައި) އޮތް ކަމަށް ގަބޫލުފުޅު ކުރައްވާ!!!

  2. ނަޒީފް

    އެކަމަކު ޔާމީން ވިދާޅުވި މަގުމަތީ ހަރަކާތްތަކުގަ ބައިވެރިވީ ޕީޕީއެމް މީހުންކަމަށް. މިހާރު ތިވިދާޅުވަނީ ކީކޭތޯ. އުމަރު ބައިވެރިވީ އަމިއްލަ ހައިސިއްޔަތުން. ދެން މަނިކުފާނު ތި ވާހަކަދައްކަވަނީ އަނެއްކަ ޔާމީންގެ ހައިސިއްޔަތުންތޯ. އެވެސް ރައްޔިތުންނަށް އޮޅުވާލަނީދެއްތޯ. މިހާރު އިމްރާނާ ހޯކޯ އަބުދުﷲ ކުއްވެރިކުރިޔަސް، އެމީހުންލައްވަ އެހުރިހާކަމެއް ކުރުވީ ޔާމިޏް ނޫންތޯ.

  3. އުމަރު

    ޔާމީނު ތިޔަވިދާޅުވަނީ ޔާމީނުގެ އަމިއްލަ ހައިސިއްޔަތުން ވިދާޅުވާ ވިދާޅުވުމެއް…. އިއްތިހާދުން ހިންގާހަރަކާތްތަކަކީ ހުރިހާ ޕާޓީތަށްވެސް ހިމެނޭގޮތަށް ހިންގާ ރަސްމީ ހަރަކާތްތަކެއް…. ޝުކުރިއްޔާ!