ފީޖީއަށް ބާރުގަދަ ތޫފާނެއް

ފީޖީއަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އީވާން ނަމަކަށް ކިއާ ނަގޫރޯޅިއަކާއި އެކު ފީޖީއަށް އެރި ތޫފާނުގެ ސަބުބުން އެތައްބައެއްގެ ގެ ދޮރު ހަލާކުވެފައިވާއިރު، ކޯރުތައް ފުރިގެން ބަނޑުން ދިއުމުގެ ސަބަބުން އެ ސަރަހައްދު ތަކުގައިވަނީ ފެންވެސް ބޮޑުވެފަ އެވެ. ނަމަވެސް މި ތޫފާނުގައި އެއްވެސް މީހަކު މަރުވިކަމަށް ރިޕޯޓު ކުރެވިފައި ނުވާކަމަށް ފީޖީގެ އޮފިޝަލުން ބުނެ އެވެ.

މި ތޫފާނު އަރާފައިވަނީ ފީޖީގެ ފަތުރުވެރިކަމަށްވެސް މަޝްހޫރު ވިޓީ ލެވޫ ބޯރ އަށެވެ. އެ ސަރަހައްދުން 8500 ގެއިން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު، ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.

ފީޖީގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވަނީ ތޫފާނުގެ ސަބަބުން ބައެއް ބުރިޖުތައްވެއްޓި، ކަރަންޓު ނަރުތައްވެސް ބުރުވެފައިވާކަމަށެވެ.

މީގެ ކުރުން 1993 ވަނަ އަހަރުވެސް ފީޖީއަށް ވަނީ މިފަދަ ތޫފާނެއް އަރާފަ އެވެ. އެ ތޫފާނުގައި 23 މީހުން މަރުވެފައިވެ އެވެ.

ފަހުގެ