16 އަހަރުގެ ފިރިހެންކުއްޖަކު ގެއްލިގެން ހޯދަނީ

ހދ. މަކުނުދޫ  16 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެކުއްޖަކީ ހދ.މަކުނުދޫ ޝަބްނަމީގެ އިބްރާހީމް ނަބީލް ކަމަށް ފުލުހުން ބުނެ އެވެ.

އެ އާއިލާއިން އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ  މީގެ 10 ވަރަކަށް ދުވަސް ކުރިން ގދ. ތިނަދޫއަށް ދިޔަފަހުން އެކުއްޖާގެ އެއްވެސް ޚަބަރެއް ނުވެގެންކަމަށް ފުލުހުން ބުނެ އެވެ.

މިކުއްޖާއާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 ނުވަތަ 3322111 ނުވަތަ 3322112 އަށް ނުވަތަ ރަށެއްގައި ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަރަށް ބޮޑު އެދުމެއްކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ