ވަށަފަރާއި އިންނަމާދޫ ކައުންސިލްގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފި

އިއްޔެ ބޭއްވި ހއ. ވަށަފަރާއި ރ.އިންނަމާދޫ ކައުންސިލްގެ ބައި އިލްކެޝަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން އާންމު ކުރި މި ދެބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަށަފަރުގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކުރީ ޖުމްލަ 251 ވޯޓާއި އެކު އެޕާޓީގެ ކެނޑިޑޭޓް   މުޙައްމަދު ވަޙީދު ޙަސަންއެވެ.  އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު މުޖުތަބާއަށް 123 ވޯޓު ލިބުނު އިރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް ނާދިރުއަށް ލިބުނީ 52 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި 2 ވޯޓު ލިބުނުއިރު ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 429 އެވެ.

އިންނަމާދޫ ރަށު ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހިމް ނުހާންއަށް 228 ވޯޓު ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ޝާފިއުއަށް ލިބުނީ 177 ވޯޓެވެ.

ފަހުގެ