ޗެލްސީން ލަމްޕާޑާއި ކޯލް ދޫކޮށްލަނީ

ޗެލްސީ ދެތަރިން ކަމަށްވާ ފްރޭންކް ލަމްޕާޑާއި އޭޝްލީ ކޯލް އެކުލްބުން ދޫކޮށްލާނެކަމަށް ޗެލްސީގެ ކޯޗު ރަފާ ބެނިޓޭޒް ބުނެފިއެވެ.

ކުލަބުގައި ހޭދަކުރާ ފަހު ހަމަސް ދުވަސް ގުނަމުންދާ މިދެތަރިންނަކީ ކުލަބަށް ވަރަށް މުހިންމު ދެކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައަކީ ފިޓްނަސްއާއި އުމުރާއި ގުޅިފައިވާ ކުޅިވަރަކަށްވުމުން މި ދެކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމަށްފަހު އިތުރު ކޮންޓްރެކްޓެއް ހެދުމަށް ނުވިސްނާކަމަށް ބެނިޓޭޒް ބުނެފައިވެއެވެ.

“އަހަރެންނަށް ބުނެވޭނީ މިދެކުޅުންތެރިންނަކީވެސް ވަރަށް ވަރަށް މޮޅު ދެކުޅުންތެރިންނޭ. އެއްވެސް މީހަކަށް އެކަމާ ޖަދަލެއް ނުކުރެވޭނެ. މި ދައްކަނީ މިދެކުޅުންތެރިންގެ ފެންވަރުގެ ވާހަކައެއްނޫން. ފުޓްބޯޅައަކީ ފިޓްނަސްއާއި އުމުރާއި ގުޅިފައިވާ ކުޅިވަރެއް އެހެން ކަމުން ކޮންޓްރެކްޓް ހަމަވުމަށްފަހު މިދެކުޅުންތެރިން މިކުލަބުން ފެނުމަކީ ދުރުކަމެއް” ބެނިޓޭޒް ބުންޏެވެ.

ކުރިޔަށް އޮތް ހޫނު މޫސުމުގައި 35 އަހަރު ފުރޭ ލަމްޕާޑު ވަނީ 11 އަހަރު ޗެލްސީގައި ހޭދަކޮށްފައެވެ. 32 އަހަރުގެ ކޯލް 6 އަހަރު ޗެލްސީއަށް ކުޅުނު އިރު މިދެކުޅުންތެރިންނަކީވެސް ޗެލްސީއަށް ފަހަކަށް އައިސް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރި ދެކުޅުންތެރިންނެވެ.

ފަހުގެ