ދިވެހި ފުލުހުންގެ ޕްރޮފެޝަނަލްކަމާމެދު އުފެދޭ ސުވާލު؟!

ހުކުރު ދުވަހެއްގެ ހަވީރު އާދައިގެ މަތިން ފިނި ބުރެއް ޖަހާލަން ރައްޓެއްސްސަކާއި އެކު ދިޔައީމެވެ. ލޮނުޒުއާރަތް މަގުން ސައިކަލު ދުއްވަމުން ގޮސް އަޑި ޕާރކާއި އަރާ ހަމަވި އިރު އެތާންގައި ކުޅެން ތިބި ބިދޭސީ ބައެއްގެ މެދުގައި ހަމަ ނުޖެހުން އުފެދިގެން އުޅުނުތަން ފެނުނެވެ. އިރުކޮޅަކުން ދެ ފުލުހަކު އެތަނަށް އައިސް އެކަކު އަތުގައި ބިޑި އަޅުވައިފި އެވެ.

ހަމަ ނުޖެހުން ހިންގި ކަމަށް ބުނާ އިތުރު ބަޔަކު ލޮނުޒިޔާރާތް މަގުން ދިއަކަމުގެ މައުލޫމާތުލިބުމުން އެތަނުން އެއް ފުލުހަކު ވަރަށް އަވަހަށް ސައިކަލަށް އަރައި ވަންވޭ އާއި އިދިކޮޅަށް ބަރުގަނޑު އަޅުވަމުން ދުއްވަން ފަށައިފި އެވެ. އެ ޕޮލިސް ކުއްޖާގެ ހަށިގަނޑު އެވަގުތު ތުރުތުރު އަޅާ ހުރިކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ.

މާދުރަށް ނުދެވެނީސް ފުލުސް މީހާ ދުއްވާފައި ދިއަ ސައިކަލު އެމަގުގައި މަޑުކޮށްލައިގެން އިން އެހެން ސައިކަލެއްގައި ޖެހުނެވެ. އެހެން ނަމަވެސް އެ މައްސަލައިން ރެކުމަށް ފުލުސްމީހާ ދެއްކީ އެމަގުން ދުއްވާފައި ދިއަ އެހެން މީހެއްގެ ކުށެވެ. ޕޮލިސް މީހާ ބުނީ އޭނާ އެ މަގަށް ނުކުއިން އެހެން ސައިކަލަކުން އޭނާ ރެކެން އުޅެނިކޮށް ޖެހުނީ ކަމެވެ. އަދި އެއީ އޭނާގެ ކުށެއް ނެތް ކަމެވެ.

ވަން ވޭ އާއި އިދިކޮޅަށް ބަރުގަނޑު އަޅައި ދުއްވާފައި ދިޔަ ޕޮލިސް ކުއްޖާގެ ކުށް އޭނާއަށް ގަބޫލު ނުކުރެވުނު ސަބަބަކީ ކޮބައިތޯ އެވެ؟ ޕޮލިސް ކޮމިޝަނަރ އަބަދުވެސް ތަކުރާރުކޮށް ފުލުހުންގެ “ޕްރޮފެޝަނަލް” ވާހަކަ ދައްކަވާއިރު ޒުވާން ކުދިން ރަނގަޅަށް ޓްރެއިން ނުކޮށް މަގުމައްޗަށް ނެރުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައި ވެދާނެ އެވެ. ބާރުގެ ބޭނުން ކުރަންވީ ވަރާއި، ކުރެވޭނެ ހާލަތްތަކާއި، ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ހައްގު ތަކާއި، އަދިވެސް އެހެނިހެން ޓްރެއިނިންތައް ރަނގަޅަށް ދެވިފައިވާނަމަ ފުލުހުން އަސްލަށްވެސް “ޕްރޮފެޝަނަލް” ވާނެއެވެ.

ދުވަސް ކޮޅެއް ކުރިން ވަނީ ފޯނެއް  ފޭރިގެން ދިޔަ ދެ މީހަކު ހުއްޓުވުމަށް ކުރެއްވި މަސައްކަތުގައި އިތުރު ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފަ އެވެ. މީހެއްގެ ފުރާނައާއި ފޯންގެ އަގާއި އެއްހަމައީ ބާއެވެ. އަދި އެކަންތައް އެންމެފުރަތަމަ ވަނީ ވަރަށް “ޕްރޮފެޝަނަލް” ކޮށް އޮއްބާލާފަ އެވެ. ފުލުހުން “ޕްރޮފެޝަނަލް” ވަނީ ހަމައެކަނި އެމީހުންގެ ކުށް ފޮރުވަންކަމަށްވެސް ވެދާނެ އެވެ.

ދިވެހި ފުލުހުންގެ ވާޖިބަކީ ރައްޔިތުން ހިމާޔާތް ކުރުން ކަމުގައި ވާއިރު ފުލުހުންނަކީ ރައްޔިތުންނަށް ހުރި ބިރެއްގެ ގޮތުގައި ބައެއް މީހުންނަށް ސިފަވަނީ މިފަދަ ކަންތައްތަކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

ފުލުހުންގެ ވާޖިބަކީ މީހުންގެ ސައިކަލުތައް ބަލާ ފާސްކޮށް، ނުވަތަ މަގުމަތީ ފޯރި މެރުން އެކަނި ތޯއެވެ؟ މިއަދު ފުލުހުންގެ ޒިންމާއަކީ ކަމެއްވެ ނިމުމުން އެ ސީން އަކަށް “އެޓެންޑް” ވުންތޯ އެވެ. އޭގެ ބަދަލުގައި ކުރަން އުޅޭ ކުށެއް ފުލުހުންނަށް ހުއްޓެވެނީ މަދު ފަހަރަކު އެވެ. ދުވަހަކުވެސް ބަޔަކު ފޭރެން އުޅެނިކޮށް ނުވަތަ މީހަކު މަރާލަން އުޅެނިކޮށް  ހުއްޓުވުނު ހެއްޔެވެ؟

އުނގުފާރު ދާއިރާގެ މެމްބަރު ޑެރ.އަފްރާޝީމް އަލީގެ މަރުގެެ މައްސަލައިގައި 13000 އަށްވުރެ ގިނަ ފޯން ކޯލު އަޑު އެހިއިރު ކަމާއި ނުބެހޭ ކިތައް މީހުންގެ “ޕްރައިވެސީ” އަށް ނުވަތަ ޒާތީ މަސްލަހަތަށް އަރައިގަނެވިފައިވާނެ ބާއެވެ؟ ޕްރޮފެޝަނަލް ވުމަކީ ޝައްކު ކުރެވޭ ވީހާވެސް މަދު ބައެއްގެ ޒާތީ މަސްލަހަތައް އަރައިގަންނަން ޖެހުން ކަމުގައި ވިޔަސް، އެކަންތައް ބަލައި ކުށްކުރި ބަޔަކު ހޯދައި ހެކި ހުށައެޅުމެވެ. ވައްކަމާއި ފޭރުން އިތުރުވާން ފަށައިފައިވާ ކަމަށް ހުދު ޕޮލިސް ކޮމިޝަނަރު މިއަދު އަންނަނީ ވިދާޅުވަމުންނެވެ.

ފުލުހުން ސިޔާސީ ާ ބޭފުޅުން ފަހާ ދުވާނަމަ ދެން ކުށްވެރިން ފަހާ ދުވާނީ ކޮންބައެއްތޯ އަޅުގަނޑު ހިތުގައި ސުވާލު އުފެދެ އެވެ. ފުލުހުންނަށް ރަނގަޅު ޓްރެއިނިންދީ މަގުމައްޗަށް ނެރެން ވެއްޖެއެވެ. އަދި ވަކި ބަޔަކާއި ޒާތީ ގޮތުން ޖައްސާލުމުގެ އާދަ އަޅުގަނޑުމެން އެންމެންވެސް ފުހެލަން ވެއްޖެ އެވެ.

ފުލުހުން “ޕްރޮފެޝަނަލް” ކުރުމަށް ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތަކުންވެސް އިހުމާލުވެފައިވާކަން ފާހަގަކުރެވެ އެވެ.

ފަހުގެ