ރާއްޖެއިން ފައްސާލުމުން ޖީއެމްއާރަށް ބޮޑެތި ގެއްލުންތަކެއް

އިންޑިޔާގެ ޖީއެމްއާރު ކުންފުނިން މަލޭ އިންޓަނޭޝަނަލް އެއަރޕޯޓް ދުނިޔޭގެ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށީ ވަރަށް ފޮނި އުންމީދު ތަކަކާއެކުއެވެ.

ބިލިޔަން ޑޮލަރުގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރި ވަގުތުން ފަށައިގެން ޖީއެމްއާރުން ދިޔައީ ދިވެހިންނަށް ފޮނި އުންމީދު ތަކެއް ދެމުންނެވެ. މުޅި އޭޝިޔާގައިވެސް އޮތް އެންމެ ފުރިހަމަ ރީތި އަދި ބޮޑު އެއަރޕޯޓަށް ދިވެހިރާއްޖޭގެ އެއަރޕޯޓު ތައްޤީކުރަން ޖީއެމްއާރުން މަސައްކަތް ފެށީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއަރޕޯޓު ހިންގުމާއި ހަވާލުވުމަށް ފަހުގައެވެ. މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަން "އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް"އަށް ބަދަލު ވެގެން ދިޔަ ހިސާބުން ފެށިގެނެވެ.

ފާއިތުވެގެން ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖީއެމްއާރަށް ވަނީ ތަފާތު ގޮންޖެހުންތަށް ކުރިމަތިވެފައެވެ. ސީދާ ގޮތުނާއި ނުސީދާ ގޮތުން އެކުންފުނިން އެމްޑިޕީއާއި އެޕާޓީގެ ފަލްސަފާއަށް ތާއީދު ކުރުމުގެ ނަތީޖާއަކަށްވީ އެމްޑީޕީގެ ސަރުކާރު ވެއްޓުމުން ޖީއެމްއާރަށްވެސް ރާއްޖޭގައި "ފައި" ހަރުކުރެވޭ ގޮތް ނުވުމެވެ.

އެއަރޕޯޓު ތަރައްޤީކުރުމަށް އިންޑިޔާގެ އެކްސިސް ބޭންކުން ޖީއެމްއާރަށް ދޭން އެއްބަސްވެފައިވާ 300 މިލިޔަން ޑޮލަރުގެ ތެރެއިން މިހާތަނަށް ޖީއެމްއާރާއި ހަވާލުކުރެނު 149 މިލިޔަން ޑޮލަރު ހޯދަން އެބޭންކުން ވަނީ މަސައްކަތް ފަށާފައެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރު ވެއްޓުމާއި ގުޅިގެން، އެޕާޓީއަށް ޚަރަދު ކުރާކަމަށް ތުހުމަތު  ކުރެވިފައި އޮތް ޖީއެމްއާރުގެ ނަންވެސް މިދިވެހި ރާއްޖެއިން ފޮހެލުމުގެ މަސައްކަތް އެމްޑީޕީއާ ދެކޮޅު ހިޔާލުތަކުގެ ސިޔާސީ ފަރާތްތަކުން ފެށިއެވެ. އެމްޑީޕީގެ ސަރުކާރުން ޖީއެމްއާރާއި އެކު އެއްބަސްވުމުގައި ސޮއިކުރި ހިނދުން ފެށިގެން އެ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއް ކަމަށާއި ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި އިގްތިޞާދީ ގޮތުން ޖީއެމްއާރު ރާއްޖޭގެ އެއަރޕޯޓު ހިންގުމަކީ ދިވެހިންނަށް ލިބޭ ބޮޑު ގެއްލުމެއްކަމަށް ބުނެ މިމަހު 7 ވަނަ ދުވަހު ޖީއެމްއާރު މިޤައުމުން ވަނީ ފައްސާލެވިފައެވެ. އެތައް ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓު ފަނުފުލުން ދިޔުން ވެގެން ދިޔައީ ޖީއެމްއާރުގެ ލޭ ދަމާލުން ފަދަ ކަމަކަށެވެ.

އައިޑީއެފްސީގެ އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި މާލޭ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގު ޖީއެމްއާރު އަތުން އަތުލެވި އެއަރޕޯޓުން ޖީއެމްއާރަށް އިތުރަށް ފައިދާއެއް ލިބެން ނެތުމުން ޖީއެމްއާރަށް ލިބޭ ގެއްލުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން 2013 ވަނަ އަހަރު އެކުންފުންޏަށް 430 ކްރޯޑު އިންޑިޔާ ރުޕީސް (7.9 މިލިޔަން ޑޮލަރު) ގެ ގެއްލުން ވާނެއެވެ. ކުރިން ލަފާކުރެވިފައިވާ އަދަދަކީ 350 ކުރޯޑު ރުޕީސް (6.5 މިލިޔަން ޑޮލަރު) އެވެ. އަދި 2014 ވަނަ އަހަރު އެކުންފުންޏަށް ގެއްލުން ވާނެ ކަމަށް ކުރިން ލަފާކުރެވުނު އަދު މިހާރު ވަނީ 160 ކުރޯޑް ރުޕީސް (2.9 މިލިޔަން ޑޮލަރު) ން 370 ކްރޯޑް ރުޕީސް (6.8 މިލިޔަން ޑޮލަރަށް ބޮޑުވެފައެވެ.

މީގެ އިތުރުން އައިޑީއެފްސީގެ ރިޕޯޓު ބުނާގޮތުން ކޮންސެޝަން އެގްރީމެންޓުގެ ދަށުން ޖީއެމްއާރުން ދިވެހި ސަރުކާރަށް ދެއްކި 78 މިލިޔަން ޑޮލަރުގެ އިތުން ދެއަހަރު ވަންދެން އަހަރަކު ދެއްކި 33 މިލިޔަން ރުފިޔާގެ އިތުރުން ފިކްސްޑް ކޯސްޓުގެ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރަށް ދެއްކި 3 މިލިޔަން ޑޮލަރަކީވެސް ޖީއެމްއާރަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. 2010 ވަނަ އަހަރުން ފެށިގެން ޖީއެމްއާރުން ދިވެހި ސަރުކާރަށް ޖުމްލަ 147 މިލިޔަން ޑޮލަރު ދައްކާފައެވެ.

ރާއްޖެއިން ފައްސާލުމާއި ގުޅިގެން ޖީއެމްއާރަށް ވަނީ އެހެން ގޮންޖެހުމަކާއިވެސް ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެއަރޕޯޓު ތަރައްޤީކުރުމަށް އިންޑިޔާގެ އެކްސިސް ބޭންކުން ޖީއެމްއާރަށް ދޭން އެއްބަސްވެފައިވާ 300 މިލިޔަން ޑޮލަރުގެ ތެރެއިން މިހާތަނަށް ޖީއެމްއާރާއި ހަވާލުކުރެނު 149 މިލިޔަން ޑޮލަރު ހޯދަން އެބޭންކުން ވަނީ މަސައްކަތް ފަށާފައެވެ. މިކަން ވެގެން ދާނީ ޖީއެމްއާރުގެ ރިހޭ ފައިމައްޗައް ފޮއެ ވެއްޓުން ފަދަ ކަމަކަށެވެ.

އެކުންފުންޏަށް މިލިބުނު ގެއްލުމުގެ ބަދަލު ހޯދަން މިހާރު ޖީއެމްއާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އެއްބަސްވުން އުވާލައި އެއަރޕޯޓުން ބޭލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 800 މިލިޔަން ޑޮލަރު ހޯދަން ދިވެހި ސަރުކާރު ގޮވައިގެން ކޯޓަށް ދާން މިހާރު ޖީއެމްއާރުން ދަނީ ތައްޔާރު ވަމުންނެވެ. ޖީއެމްއާރަށް މި މައްސަލަ ކާމިޔާބު ކުރެވިއްޖެ ނަމަ މިކަން ވެގެން ދާނީ ދިވެހިރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވާ ބޮޑު "ކާރިސާ" އަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

 1. މަމީ

  ފޮރިން އިންވެސްޓަރުން ރާއްޖެއަށް އަންނަން ޖެހިލުންވާނެ!!

 2. ހޭ ނާރާ

  ތަނަކަށް ގޮސް ފައިބާއިރު އެތަނެއްގެ ގާނޫނާއި ގަވައިދު ނުބަލައި މީހަކު ނުވަތަ ބަޔަކު ބުނާބުނުމުގެ މައްޗަށް ކަންކަން ނުކުރާން ޖީއެމްއާރަށް މިހާރު ހުންނާނީ ދަސްވެފައި. ހަމައެކަނި ” މާލިއްޔަތު ގާނޫނު ” އޮތީ ކޮން ހާލަތެއްގައިތޯ ބަލައިލި ނަމަވެސް އެލަނޑެއް ނުލިބުނީސް. އެގާނޫނު އޮތީ ދެވަނަފަހަރު މަޖިލީހުން 39ވޯޓުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާފަ. އޭގެމާނައަކީ އެފާސްކުރި ފާސްކުރުމާއި އެކު އެއީ އަމަލު ކުރެވެން ޖެހޭ ގާނޫނެކޭ.
  ދެރަވަރު ކަމެއް. ޖީއެމްއާރު ފަދަ ބޮޑު މަޝްހޫރުކންފުންޏެއް ގެ ބޮޑުން ގެ ބޮލަށް އާދައިގެ ދިވެހި ބަޔަކު، ނުވަތަ ދިވެއްސަކު އެރެން ފުރުސަތު ދިންކަން. ގަބޫލުކުރަން ޖެހޭނެ ގެއްލުން ވާންދިމާވީ ތިމާމެން އަމިއްލައަށް ބަލަންވީ ވަރަށް ނުބަލައި ހެއްލުމެއްގެ ތެރޭގައި ދެއްކި އަވާމެންދުރެއްގެ ސަބަބުންކަން.
  އެކަމަކު އެއަށްވުރެ ބޮޑުފައިދާއެއް އެވީ. އެއީ ލިބުނު ތަޖުރިބާ ގެ ސަބަބުން ކުންފުނީގެ ބޮޑުން ދެން އެކަހަލަ މަޅިއެއްގައި ނުޖެހެން އެނގޭނެ/ އެފައިދާ އާއި ތިޔަގެއްލުމާ އަޅުވައި ކަނޑާލައިފިއްޔާ ބާކީދައްކާނީ ފައިދާ.

  • ޙަމިއްޓޭ

   މި އާޓިކަލް ލިޔުނު ލިޔުންތެރިޔާ ޢޭޢްކޮޅުންވިސްނާފައިވާކަން އެނގޭ! ޖީއެމްއާރަށް ގެއްލުންވިއިރު ކޮބާ އަހަރެމެން ދިވެހިންނަށްލިބޭ ގެއްލުން؟ ވިސްނާލަބަލަ…….