ޓުވިޓަރ ބޭނުންކުރާ ޒުވާނުންގެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް އެމްވީ ޓްވިސްޓަލް މިރޭ ފެށޭނެ!!

“އެމްވީ  ޓްވިސްޓަލް” (mvtweets4l#) ގެ ނަމުގައި ބާއްވާ މި ފުޓުބޯޅަމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 6:15 ޓާފް ދަނޑުގަ އެވެ.

 މި މުބާރާތަކީ ޓްވިޓާގައި އުޅޭ ޒުވާނުންގެ މެދުގައި މަމިއްލައަށް ރާވައި އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިރޭ ފަށާ މުބާރާތުގައި ހަޓީމު ވާދަކުރުމަށްވަނީ ހަމަޖެހިފަ އެވެ. ވޭތުވެދިޔަ ތިން އަހަރުގައިވެސް މި މުބާރާތްވަނީ ބާއްވާފަ އެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވިސްއެވެ. މި މުބާރާތަކީ ސީހައުސް، އޮކްސިޖެން ކެފޭފަދަ ސޯޝަލްމީޑިއާ ތަކުގައި މާކެޓްކުރާ ވިޔަފާރިތަކުން މިމުބާރާތަށް ބޮޑު ސަމާލުކަމެއް ހޯދާފައިވާ މުބާރާތެކެވެ.

މެޗުފެށުމަށް ކުޑަވަގުތުކޮޅަކަށް ވެފައިވާއިރު، މުޅި ޓްވިޓަރގައިވެސް އޮތީ މި މުބާރާތުގެ ވާހަކަ އެވެ. މި މުބާރާތަކީ ޓްވިޓަރ ބޭނުންކުރާ މީހުން އެކަކު އަނެކަކަށް ބައްދަލުވެ ގުޅުބަދަހިކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

 

ފަހުގެ