ގެއްލުމުގެ ބަދަލުގެ ގޮތުގައި 800 މިލިޔަން ޑޮލަރު ހޯދަން ޖީއެމްއާރުން މަސައްކަތް ފަށައިފި

މާލޭ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގުމަށް އިންޑިޔާގެ ޖީއެމްއާރާއި އެކު ވެވުނު އެއްބަސްވުން އުވާލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގައި 800 މިލިޔަން ޑޮލަރު ހޯދަން ޖީއެމްއާރުން މަސައްކަތް ފަށައިފިއެވެ.

އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއަރޕޯޓު 25 އަހަރު ދުވަހަށް ހިންގުމަށް ޖީއެމްއާރާއި އެކު 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެވުނު އެއްބަސްވުން މިދިޔަ ހުކުރު ދުވަހު ދިވެހި ސަރުކާރުން އުވާލުމާއި ގުޅިގެން ޖީއެމްއާރަށް ލިބުނު ގެއްލުމުގެ އަންދާޒީ އަދަދު 800 މިލިޔަން ޑޮލަރަށް އަރާނެ ކަމަށާއި މީގެ ބަދަލު ހޯދަން ދިވެހި ސަރުކާރު ގޮވައިގެން ކޯޓަށްދާން އެކުންފުނީގެ ވަކީލުން މިހާރު މަސައްކަތް ކުރަމުން ދާކަމަށް އިންޑިޔާގެ ނޫހެއްކަމަށްވާ އިކޮނޮމިކް ޓައިމްސްއަށް ރޭ ދިން އިންޓަވިއުއެއްގައި ޖީއެމްއާރުގެ ސީއެފްއޯ ސިއްދާތް ކަޕޫރު ވަނީ ވިދާޅުވެފައެވެ.

“އަންދާޒާ ކުރެވޭ ގޮތުގައި ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ދޭންޖެހޭ އަދަދު 800 މިލިޔަން ޑޮލަރަށް އަރާ. އަހަރެމެންގެ ލޯޔަރުންނާއި މިހާރު މިދަނީ މަޝްވަރާ ކުރަމުން. ލީގަލް ސްޓްރެޓެޖީއެއްގެ ދަށުން މިކަން ކުރިޔަށް ގެންދަން މަސައްކަތް ކުރަމުން މިދަނީ. މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރަށް ދޭންޖެހޭ މައުލޫމާތެއްވެސް ހިއްސާކުރަމުން ދާނަން” ސިއްދާތް ކަޕޫރު ވިދާޅުވިއެވެ.

ސިއްދާތް އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން ޖީއެމްއާރު މޮޔަހައްދާ އޮޅުވާލާފައިވާކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަންގެ އިންޓަނޭޝަނަލް އާރބިޓްރޭޝަންގައި ޖީއެމްއާރުން ހުށަހަޅާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަރަށް އަވަހަށް އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަހުގެ