މާލޭ އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެއާޕޯޓު ހަވާލުކުރީ ނޫންކަމަށާއި، ދިވެހި ސަރުކާރުން އެއާޕޯޓު އަތުލައިގަތީކަމަށް އިންޑިއާގެ ޖީއެމްއާރު ގުރޫޕުގެ ތަރުޖަމާނު އަރުން ބަގަތު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫހެއްކަމުގައިވާ ދަ ހިނދޫ އަށް އަރުން ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އެއާޕޯޓު ހަވާލުކުރިނަމަ އެކަންކުރީހީ ހިތުން ރުހުމުން ކަމަށެވެ. ނަމަވެސް ސަރުކާރާއި އެއާޕޯޓު ހަވާލުކުރީ ސްޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުންކަމަށް އޭނާ ބުންޔެވެ.
އަރުން ވިދާޅުވެފައިވަނީ އެމްއޭސީއެލްއިން ހިނގަން ފެށިކަމުގައިވިއަސް އެއްވެސް ފްލައިޓެއް ކެންސަލްވެފައި ނުވާކަމަށެވެ.
ސަރުކާރުން ރޭވަނީ މާލޭ އެއަރޕޯޓުގެ ހިނގުން ޖީއެމްއާރު އަތުން ނަގައި އެމްއޭސީއެލް އާއި ހަވާލުކޮށްފަ އެވެ. އެކަމަށް ހާއްސަކޮށްގެން ބޭއްވި ހަފްލާގައި އެމްއޭސިއެލްއާއި، ސަރުކާރުގެ މިނިސްޓަރުން ބައިވެރިވީނަމަވެސް ޖީއެމްއާރުން އެ ހަފްލާގައި ބައިވެރިވެފައެއްނުވެ އެވެ.