ޑރ. ވަހީދާއި ކެބިނެޓް މެމްބަރުންގެ އިތުބަރުނެތކަމުގެ ވޯޓް ސިއްރު ކުރުމަށް ފާސްކޮށްފި

ޑރ. ވަހީދާއި ކެބިނެޓް މެމްބަރުންގެ އިތުބަރުނެތކަމުގެ ވޯޓް ސިއްރު ކުރުމަށް ފާސްކޮށްފި

ޑރ. ވަހީދާއި ކެބިނެޓް މެމްބަރުންގެ އިތުބަރުނެތކަމުގެ ވޯޓް ސިއްރު ކުރުމަށް ފާސްކޮށްފިއެވެ. މިވޯޓް ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުނންނެވެ. އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން ފެންނަ ކަމަށް އާންމު ކޮމިޓީން ދެވަނަ ފަހަރަށް ނިންމުމުން، އެކަމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ ތެރެއިން ވޯޓް ސިއްރުކުރުމަށް ތާއިދުކުރެއްވީ 41 މެމްބަރުންނެވެ. ވޯޓް ސިއްރުކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 34 މެމްބަރުންނެވެ. މިއަދުގެ ޖަލްސާގައި ހުރިހާ މެމްބަރުންވެސްވަނީ ވޯޓްދެއްވާފައެވެ.

ރައީސް މުހައްމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނިކޮށް، އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު ހުށަހެޅުއްވި އިސްލާހު ފފުރަތަމަ ފަހަރަށްވަނީ ފާސްނެވެފައެވެ. އެ މައްސަލަ އަލުން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މި މައްސަލައިގައި މިދިޔަ މަހުގެ 19 ގައި ނެގި ވޯޓުގައި އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކުރަން ފެންނަ ކަމަށް 34 މެމްބަރަކު ވޯޓުދެއްވިއިރު އެ އިސްލާހާ ދެކޮޅަށް 39 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމަށާއި މަޖިލީހުގެ ގަވާއިދަށް އެހެން އިސްލާހުތައް ގެނައުމުގެ މައްސަލަތައް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ މެމްބަރުން ވަނީ ވަރަށް ގިނަ ފަހަރު މަތިން މަޖިލީހުގައި ވިދާޅުވެފައެވެ.

ފަހުގެ