އިސްމާއީލް އަބްދުއްލަތީފު ލަންކާއިން ހައްޔަރުކޮށްފި

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފިލާފައިވާ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފު (މާލު) ލަންކާގައި އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މައުން ލެވްނިއާ ހޮޓަލުންނެވެ.
މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ނެތި، މަލީޝާ އިން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނެގި މައްސަލާގައި 60 އަށް ވުރެ ގިނަ މީހުން މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ