ސިޔާސީ އިސްވެރިން ހައްޔަރުކުރުމުން އިންޑިއާއިން ކަނބޮޑުވުން ފަޅުކޮށްފި!!!

މަޖިލީސް މެމްބަރުންނާއި، ކުރީގެ ސާރކްގެ ސެކެރެޓަރީ ޖެނެރަލް ހައްޔަރުކުރުމުން އިންޑިއާއިން ކަނބޮޑުވުން ފާޅުކޮށްފި އެވެ.

މިރޭ އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ.، ކުރީގެ ސާރކްގެ ސެކެރެޓަރީ ޖެނެރަލް (އިބްރާހިމް ހުސެންޒަކީ) އާއި މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށްފައިވާކަމުގެ ހަބަރު އިންޑިއާއަށް ލިބިފައިވާކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެން އިންޑިއާއިން އަވައްޓެރި އަދި ރަހުމަތްތެރި ގައުމުއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ވާހަކަ ދައްކަމުންގެންދާ ކަމަށާއި، ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް ގުޅިގެން އެކުވެރިކަމާއެކު ހައްލުހޯދުމަށް ސުލްހަވެރި އަދި ޑިމޮކްރަޓިކް އުސޫލަކުން ވާހަކަދައްކަން ޖެހިފައިވާކަމަށެވެ.

އަދި މީގެ އިތުރުން އިންޑިއާއި ދެކޮޅަށް ދިވެހިރާއްޖޭގައި ކުރަމުން އަންނަ މުޒާހަރާތަކާއިމެދުވެސް ކަންބޮޑުވާކަމަށް އިންޑިއާއިން ބުނެފައިވެ އެވެ.

ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރޭ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހދ. ހޮނޑައިދޫ ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ގަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އެ ދެ ބޭފުޅުންގެ އިތުރުން ހައްޔަރުކޮށްފައި ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި، ރައީސް ނަޝީދުގެ ކުރީގެ ސްޕެޝަލް އެންވޯއީ ހ. ހުޅުގަލި އިބްރާހިމް ޙުސައިން ޒަކީ އާއި ގ. ހިލިހިލާގެ ޙަމްދާން ޒަކީ އާއި ރައީސް ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކެރެޓަރީ މއ. މަނާގެ މުޙައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ ކަމަށް ފުލުހުން ބުނެއެވެ.

ފަހުގެ