ލ. އަތޮޅުގެ 90 ޕަސަންޓު ދަނޑުބިންތައް ހަލާކުވެފައި!!

ލ. އަތޮޅުގެ 90 ޕަސަންޓު ދަނޑުބިންތައް އެއްކޮށްހަލާކުވެގެން ގޮސްފައިވާކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ތޮއްޑޫ ދާއިރާގެ މެމްބަރު ވިދާޅުވީ، ރާއްޖެއަށް ކުރި ނީލަމް ވިއްސާރައިގައި ރާއްޖޭގެ ގިނރައްރަށުގެ ދަނޑު ބިންތައް ހަލާކުވެގެން ގޮސްފައިވާކަމަށާއި، އެގޮތުން ލ. އަތޮޅުގެ 90 ޕަސަންޓު ދަނޑުބިންތައް އެއްކޮށް ހަލާކުވެގެން ގޮސްފައިވާކަމަށެވެ. އަދި އަލީ ވަހީދު ވިދާޅުވީ ތޮއްޑޫއަށް އެހާބޮޑަށް ވިއްސާރަ ނުކުރި ކަމުގައިވިއަސް އެރަށުގެ ދަނޑުވެރިންވެސް ތިބީ ވަރަށް ހާލުގައި ކަމަށެވެ. މިހެން ކަމުން މަސްވެރިންނަށް ސަބުސިޑީ ދޭއިރު ދަނޑުވެރިންނަށްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އަލީވަހީދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

“މިދާ އަހަރުގެ ތެރޭގައި އެކަން ނުވަންޏާ ކުރިއަށް މި މަހުގެ ފަހުކޮޅު ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި އަޅުގަނޑު ގޮވާލަން މިއަދު ސަރުކާރަށް ދަނޑުވެރިންނަށް 100 މިލިއަން ރުފިޔާގެ ސަބްސިޑީ ހިމަނަން. މިހެން މި ދަންނަވަނީ މި ދަނޑިވަޅުގައި ދަނޑުވެރިން ތިބީ ހާލަތަށް ރިއާޔަތްކޮށް. އަޅުގަނޑު ހަމައެކަނި މި ދެންނެވީ ހަމައެކަނި ތޮއްޑޫ ދަނޑުވެރިންގެ ވާހަކަ އެއް ނޫން.”

ދާދިފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި ރާއްޖޭގެ ގިނަ ރައްރަށުގައި ފެންބޮޑުވެ، އާންމުންގެ މުދަލަށާއި ގެދޮރަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ފަހުގެ