ޖީއެމްއާރުން ރައީސް ނަޝީދަށް އެތައްމިލިއަން ޑޮލަރެއް ލިބިފައިވޭ: އިލްހާމް

ޖީއެމްއާރާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހަވާލުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިންގަޕޫރު އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާވެފައިވާކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަށީދު ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ގާނޫނަށް ބަހުސް ކުރައްވަމުން އިލްހާމް ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓު "ވިއްކުމާ" ގުޅިގެން ރައީސް ނަޝީދުގެ ސިންގަޕޫރު އެކައުންޓަގައި އެތައްމިލިއަން ޑޮލަރެއް ހުރި ވާހަކައަކީ މަޝްހޫރު ވާހަކައެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިންވެސް ބައެއް މެންބަރުންނަށް ޖީއެމްއާރާއި އެއާޕޯޓު ހަވާލުކުރުން ފައިދާތަކެއްވެފައިވާކަމަށް އިލްހާމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު މި ދަންނަވަނީ ޖީއެމްއާރު އެއަރޕޯޓު ވިއްކުމާ ގުޅިގެން ސިންގަޕޫރުގެ އެކައުންޓުގައި އެތައް މިލިއަން ޑޮލަރު ކެނެރީގޭ މުހައްމަދު ނަޝީދުގެ ހުރި ވާހަކަ އަކީ މަޝްހޫރު ވާހަކަ އެކޭ. ރައީސް މައުމޫނޭ ކިޔާފައި ވާހަކަދައްކާއިރު ވެސް އަޅުގަނޑުމެން އަޑުއަހަން ތިބީމުއޭ. އެހެންވީމާ އަޅުގަނޑުމެނަށް އެ ކެތްތެރިކަން ހުންނަންޖެހޭނޭ. އަޅުގަނޑު ގަބޫލުކުރަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މެންބަރުންގެ ތެރެއިންގޮސް ވަކި މެންބަރުންތަކެއް އޭގެ ޒާތުގައި ޖީއެމްރާއުގެ ސަބަބުން ފައިދާ ކޮށްފި." އިލްހާމް ވިދާޅުވި އެވެ.

އަދި ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން އިލްހާމް ވިދާޅުވީ ޖީއެމްއާރުގެ އެންމެ "ލޯ ސެންޓެއް" ގައިވެސް އެބޭފުޅުންގެ ތެރެއިން މެމްބަރަކު ޖެހިފައި ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އެނޮން

    ކޮބާތަ ހެކި؟ ތިހެން އަދި އެއްޗެކޭ ބުނީމަ ގަބޫލު ކުރާނީ މޮޔައިން

  2. ރައޫފް

    ތިއީ މުޅިންވެސް ހަގީގަތެއްނެތް ވާހަކަދައްކާމިޙެއް. މީހާގެ މުޅި ހަޔާތުގައިވެސް އޮތީ ދޮގުހެދުމާއި އޮޅުވާލުން. ތިމީހާއެއްނޫނަތަބުނީ ރިޔާސީގަޑުވަރުގައިއޮތް ލޯންޗެއް ނަޝީދު ރާއްޖެތެރޭމީހަކަށް ވިއްކިވާހަކަ.އެކަމަކު އެންޓިކޮރަޕްޝަނުން އެކަންބެލިއިރު އެވެސްވީ ހުސްދޮގަކަށް.