ތިމަރަފުއްޓަށް ނަގޫރޯޅިއެއް އަރައިފި

ތިމަރަފުއްޓަށް ރޭ ނަގޫރޯޅިއެއް ރަރައި މީހުން ދިރިއުޅޭ ގެއެއްގެ 40 ފޫޓޫ ދިގު 12 ފޫޓު އުސް ފާރުވައްޓާލައި އިތުރު ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

މީގެ އިތުރުން އެ ނަގޫރޯޅި ވަނީ އެރަށު ބޯޅަ ދަނޑުގައި ޖަހާފައިވާ 15 ފޫޓު އުސް، 300 ފޫޓުގެ ފެންސެއް އެއްލާލައި، އެރަށު މަގުމަތީގައި ހުރި ބައެއް ހޮޅިދަނޑިތައްވެސް ވައްޓާލާފަ އެވެ.

އެނަގޫރޯޅި ގާތްގަނޑަކަށް ދެތިން މިނެޓަށް ދެމިގެންގޮސްފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.

މި ދިޔަ ހަފްތާގެ ހޯމަދުވަހު އައްޑުއަށްވެސް ވަނީ ދެ ނަގޫރޯޅި އަރައިފަ އެވެ.

އެންމެ ފުރަތަމަ ނަގޫރޯޅި އަރާފައި ވަނީ ހުޅުދޫއަށެވެ. އޭގެ ފަހުން ފޭދޫއަށްވެސް ވަނީ ހަމަ އެދުވަހު ނަގޫރޯޅިއެއް އަރާފަ އެވެ.

ހުޅުދޫއަށް އެރި ނަގޫރޯޅީގައިވަނީ އެރަށު ގެއެއްގެ ފުރާޅު އެއްލާފައިވާއިރު، ފޭދުއަށް އެރި ނަގޫރޯޅީގައި ވަނީ ތިން ގެއެއްގެ ފުރާޅު އެއްލާލާފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ވިއްސާރައިގައި ގިނަރަށްރަށުގައި ވަނީ ފެންބޮޑުވެ ގޭގެއާށާއި މުދަލަށްވެސް ގެއްލުންވެފަ އެވެ.

ފަހުގެ