ހުޅުމާލޭ ކޯޓުގައި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ ވަގުތީގޮތުން ހުއްޓާލުމަށް ހައިކޯޓުން އަމުރުކޮށްފި

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާ ހުއްޓާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ހައި ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާގައި ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގައި ނެގި އިޖްރާއީ ނުކުތާތަކާ މެދު އެ ކޯޓުން ނިންމިގޮތް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ނެވެ. އަދި އެ މައްސަލަ ނިމެންދެން، ހުޅުމާލޭ ކޯޓުގައި ހިނގާ މައްސަލަ ކުރިއަށް ނުގެންދިއުމުގެ އަމުރަކަށް ނަޝީދުގެ ފަރާތުން އެދިފައިވާތީ އެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތުގެ މައްސަލައާ މެދު ހުށަހެޅި ނުކުތާއާމެދު ވާހަކަ ދެއްކުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފުރުސަތު ދީފައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްލައާއި މެދު ބުނެފައިވަނީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ ނަމަ އެ މައްސަލައެއް ބެލެންޖެހޭނެ ކަމަށާއި ނަމަވެސް އެކަމަކީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލައެއް ކަމަށް ދެކޭކަމަށެވެ. އަދި އަދި ރައީސް ނަޝީދުގެ ޝަރީއަތް ހުއްޓާލުމުގެ އަމުރު ނެރުނުގޮތަށް ހުޅުމާލޭ ކޯޓުގައި ހުރި އެހެން މައްސަލަތައް ވެސް ކުރިއަށް ކުރިއަށް ނުގެންދިއުމުގެ އަމުރެއް ނެރުނު އެޖީ އޮފީހުންވަނީ އެދިފަ އެވެ.

ޖޭއެސްސީން ބުނެފައިވަނީ ހުޅުމާލޭ ކޯޓަކީ ގާނޫނާއި ހިލާފަށް އުފެދިފައިވާ ކޯޓެއް ނޫން ކަމަށާއި، ވިލިމާލޭގައި ވެސް ކޯޓެއް ގާއިމްވާންޖެހޭ ކަމަށް ޖޭއެސްސީން ދެކޭ ކަމަށެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް ހުންނަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ފަހުގެ