ރައީސް ނަޝީދުގެ ގާނޫނީ ޓީމަށް އަނެއްކާވެސް އިންގިރޭސި ވިލާތުގެ ވަކީލެއް

ކުރީސްގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމަށް އަނެއްކާވެސް އިންގިރޭސި ވިލާތުގެ ވަކީލެއް ގުޅިވަޑައިގެންފި އެވެ.

ކްރިމިނަލް ލޯގެ ސްޕަޝަލިސްޓެއްކަމެއްވާ ކްރިސްޓީ ބްރައިމްލޯވް (ކިއުސީ) އަށް ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ ގާނޫނީ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ. ކްރިސްޓީ އަކީ ފީޖީ ގާނޫނުއަސާސީ އާއި ބެހޭ ކޮމެޓީގެ އެޑްވައިޒަރުވެސްމެ އެވެ. މީގެ އިތުރުން ކްރިސްޓީ ވަނީ ޖަމައިކާގަޔާއި، ނައިޖީރިއާގައްޔާއި، ޓަންޒޭނިއާގައިވެސް ގާނޫނީ ގިނަމަސައްކަތްތަކެއް ކުރައްވާފަ އެވެ. މީގެ އިތުރުން އޭނާވަނީ ޓައިމްސް ލޯ ޕެނަލުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އަދި “ދަ ޓައިމްސްގެ” ލޯޔަރ އޮފް ދަ ވީކް އަށްވެސް އޭނާ ވަނީ ހޮވިވަޑައިގެންފަ އެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދުގެ ގާނޫނީ ޓީމަށްވަނީ އިނގިރޭސި ވިލާތުގެ ދެ ވަކީލެއް އައްޔަނު ކޮށްފަ އެވެ. އެއީ، ސާ އިވާން ލޯރެންސް(ކިއުސީ)އާއި އަލީ މުޙައްމަދު އަޒުހަރު އެވެ.

ސާ އިވާން ލޯރެންސްއަކީ އިނގިރޭސިވިލާތުގެ ޑިވިޝަން ކޯޓާއި ކޯޓް އޮފް އެޕީލް (އިސްތިއުނާފް ކޯޓް) އެގައުމު އެންމެ މަތީ މަރުހަލާގެ ކޯޓްގައި ވެސް ވަކާލާތު ކުރައްވާ ވަކީލެއް ކަމަށާއި އޭނާއަކީ އިނގިރޭސި ޕާލަމެންޓްގައި 23 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ފައިވްޕަމްޕް ސެމްބާސް( ލަންޑަން ޗެމްބާސް)ގެ 33 މެމްބަރުންގެ ތެރޭގައި ހިމެނޭ ކްރިމިނަލް ލޯ ގްރޫޕްގެ އެންމެ އިސް ވަކީލެވެ.

އަލީ މުހައްމަދު އަޒުހަރު އަކީ ވެސް އިނގިރޭސިވިލާތުގެ އެންމެ މަތީ މަރުހަލާގެ ކޯޓްތަކުގައި ވަކާލާތުކުރައްވާ ވަކީލެކެވެ.

ފަހުގެ