ޖީއެމްއާރުން 5.2 މިލިއަން ޑޮލަރުދައްކަންޖެހޭ: އެއާޕޯޓްސް ކޮމްޕެނީ

މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޖީއެމްއާރުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ އާމްދަނީން އެމްއޭސީއެލްއަށް ކޮންސެޝަންފީގެ ގޮތުގައި5.2 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއޭސީއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފިއުލް ކޮންސެޝަންފީއަށް 4.5 މިލިއަން ޑޮލަރާއި ވޭރިއަބްލް ކޮންސެޝަން ފީގެ ގޮތުގައި 277،755 ޑޮލަރު ޖީއެމްއަރުން އެ ކުންފުންޔަށް ދައްކަންޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ޖީއެމްއާރުން ބުނެފައިވަނީ މިދިޔަ ތިން މަސް ދުވަހުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) އާއި އިންޝުއަރެންސް ސާޗާޖުގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ދެއްކުމަށްކަމަށް އެކުންފުނިން ބުނެ އެވެ. އަދި ޖީއެމްއާރުން މި އަހަރުގެ ތިން ވަނަ ކުއާޓަރަށް އެ ކުންފުންޏަށް ދައްކަން ޖެހޭ 5،209.120 ޑޮލަރުގެ ބަދަލުގައި ޖީއެމްއާރުން އަންގާފައި ވަނީ އޭޑީސީ އާއި އިންޝުއަރެންސް ސާޗާޖުގެ ގޮތުގައި 7،450.778 ޑޮލަރު އެ ކުންފުންޏަށް ލިބެން ޖެހޭ ކަމަށެވެ. އަދި އެ އަދަދު ހޯދުމަށް ކޮންސެޝަންފީގެ ގޮތުގައި އެމްއޭސީއެލް އިން ދައްކަން ޖެހޭ 5،209.120 ޑޮލަރު އުނިކޮށްފައިވާ ކަމަށް އަންގާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖީއެމްއާރުން އެމްއޭސީއެލްއަށް ދައްކަން ޖެހޭ ކޮންސެޝަންފީ އުނިކުރަމުން ގެންދަނީ އޭޑީސީ އާއި އިންޝުއަރެންސް ސާޗާޖުގެ ގޮތުގައި 27  ޑޮލަރު ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެމްއޭސީއެލް އިން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ފަހުގެ