ފުނަދޫގައި ފެންބޮޑުވުމުން ފުލުހުން އެހީތެރިކަމަށް އެދެފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ށ. އަތޮޅުގެ ފުނަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން އެރަށުން ފެން ހިއްކުމުގައާއި ރައްޔިތުން ޢާއްމު ޙާލަތަށް ގެނައުމުގައި ފުނަދޫގައި މަސައްކަތްކުރާ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުނަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެންވަދެ އާންމުންގެ ތަކެއްޗަށާއި މުދަލަށް ގެއްލުންވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެގޭގެއަށް ގޮސް ވެލިބަސްތާޖަހައި ފެން ވަނުން ކޮންޓްރޯލްކުރުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނެ އެވެ. އަދި ފުނަދޫގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ 3 ސަރަހައްދެއްގައި ޕެން ޕަންޕު ބަހައްޓައިގެން ފެންހިއްކާފައިވާކަމަށްވެސް އެ ސާވިސް އިން ބުނެ އެވެ.

ށ. ފުނަދޫގެ އިތުރުންވެސް އެއަތޮޅުގެ އެކިރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެނުގެ އަސަރުކުރާކަމަށް ފުލުހުން ރިޕޯޓްކޮށްފައިވާތީ ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފަހުގެ