ނަސްރުގެ ދުވަހުގެ ރަސްމިއްޔާތު ފަސްކޮށްފި

މޫސުން ތަންނުދިނުމުގެ ސަބަބުން މިއަހަރުގެ ނަސްރުގެ މުނާސަބަތުގައި ޖުމްހޫރީމައިދާނުގައި ބޭއްވުމަށް ހަމަޖެއްސި ހާއްސަ ރަސްމިއްޔާތު މިހާރު ފަސްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މިރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ނަމަވެސް މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން، “ނޮވެމްބަރު ތިނެއްގެ ބިނާ” ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 2012 ނޮވެމްބަރ 2 ވަނަ ދުވަހުގެރޭ އެންނާނެކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

 ތަފާތު ގިނަ ހަރަކާތްތަކަކާއެކު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ “ނޮވެމްބަރު ތިނެއްގެ ބިނާ” ހުޅުވުމުގެ ރަސްމިއްޔާތު، ސަލްޓަންޕާކް ކުރިމަތީގައި އޮންނައިރު، އެރަސްމީއައްތައްފަހު ހެވިކަމުގެ ކުޅިވަރު ދައްކާލުމާއި ހަވާއެރުވުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދިރާސާ ފޮތެއް ނެރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ފަހުގެ