ސޭންޑީ ތޫފާނުގައި އެމެރިކާގެ 15 މީހުން މަރުވެ އެތައްބަޔަކަށް ބޮޑެތިގެއްލުންތަކެއް!!!

ސޭންޑީ ތޫފާނުގައި މިހާތަނަށް 15 މީހުނަށްވުރެ ގިނަމީހުން މަރުވެފައިވާކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެމެރިކާގެ ނިއުޔޯކަށް މިއަދު ސޭންޑީ ތޫފާނު އަރާފައިވާއިރު، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ނިއުޔޯކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފަ އެވެ.

ނިއުޔޯކުގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ ބޮޑުބަޔަކުން ކަރަންޓުވެސް ކަނޑައިގެންގޮސްފަ އެވެ. އެމެރިކާގެ އައްސޭރި ފަށުގައި އޮންނަ ނިއުޔޯކަށް ތޫފާނާއި އެކު ވަނީ ހަތަރު މީޓަރު އުސްރާޅު އަރާފަ އެވެ.

ތޫފާނު އެރިވަގުތު ސަބްވޭ ސްޓޭޝަނެއްގައި ހިނގި ޝޯޓެއްގެ ސަބަބުން ނިއުޖާޒީގެ ސަބްވޭ ސްޓޭޓެއްގައި އަލިފާން ރޯވެ 50 ގެ ވަނަނީ އަނދައިގެން ގޮސްފަ އެވެ.

ފިޔަފާރި ކުރާ ގިނަތަންތަނާއި ހަ މިލިއަން ގެއިން ކަނރަނޓު ކަނޑައިގެން ގޮސްފައިވާއިރު، ތޫފާނުގެ އަސަރު 50 މިލިއަން މީހުނަށް ކުރާނެކަމަށް އޮފިޝަލުން ބުނެ އެވެ.

އެމެރިކާގެ ގިނަސަރަހައްދު ތަކުގައި އެއްގަމު ދަތުރުފަތުރުކުރުން ހުއްޓާލާފައިވާއިރު، 14000 އަށް ވުރެ ގިނަ ފުލައިޓުވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

މި ތޫފާނުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް 10 ބިލިއަން އެމެރިކާ ޑޮލަރާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ގެއްލުން ވާނެ ކަމަށް އިގްތިސާދީ މާހިރުން އަންދާޒާކުރެ އެވެ.

ބޮޑު ތޫފާނެއްގެ ގޮތުގައި ސިފަ ކޮށްފައިވާ ސޭންޑީ ނަގޫރޯޅި މިހާރު މިސްރާބު ޖަހާފައިވަނީ ކެނެޑާ އާއި ދިމާލަށެވެ. މިއީ ވޯލްޑު ޓްރޭޑު ސެންޓަރަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމެރިކާއަށް ދިމާވި އެންމެ ބޮޑު ކާރިސާކަމުގައި ގިނަބަޔަކު ސިފަކުރެ އެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި އެމެރިކާއަށް އައި އެންމެ ބޮޑު ތޫފާނެވެ.

ފަހުގެ