ރިޔާސީ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރެވޭނެ: ރައީސް ނަޝީދު

މިހާރު ފެންނަމުންދާ މަންޒަރުތަކުން އަންނަ ރިޔާސީ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފ. ބިލެތްދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރާ ކެނޑިޑޭޓަށް ކެމްޕޭނު ކުރެއްވުމަށް ބިލެތްދޫއަށް ވަޑައިގަތުމަށްފަހު މާލެ ވަޑައިގަނެ ރާއްޖެ ޓީވީ އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމް.ޑީ.ޕީއަށް ވަރަށް މަދުން ވޯޓުދިން ރަށްރަށް އަދި ދާއިރާތަކުން، މިހާރު ވަރަށް ބޮޑެތި ކުރިއެރުންތައް އެބަލިބޭ ކަމަށެވެ.

” ބަޣާވާތައްފަހު ބޭއްވުނު ބައި އިލެކްޝަން ތަކުގެ ތެރެއިން ހއ. ފިއްލަދޫ ގޮޑި އެއީ އަލުން އަނބުރާ ނެގުނު ގޮނޑިއެއް، ދެފަރަރެއްގެ މަތިން ނ. މާފަރުގަޔާއި އއ. މަތިވެރި ގައިބޭއްވި ބައި އިލެކްޝަންއިން ދެތަނުންވެސް އެއް ފަހަރު ގޮނޑި ނެގުނު. އދ. ހަންޏާމީދޫގެ ބައި އިލެކްޝަން ކާމިޔާބު ކުރެވުނު އަދި މ. ރަތްމަންދޫ ގެ ބައި އިލެކްޝަން މުޅިން އަލަށް ކާމިޔާބު ކުރެވުނު” ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖްލީސް އިންތިޙާބުގައިވެސް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

“ކުރީގައި ކާށިދޫ ދާއިރާއަކީ އަޅުގަޑުމެންނަށް ވަރަށް ކުޑަކޮށް ވޯޓުނެގުނު ދާއިރާއެއް، ނަމަވެސް 40 ގެ މަތީ ފަށަލައިގެ ކާށިދޫ ދައިރާއިންވެސް ވޯޓު މިހާރު މިހުރީ” އެމަނިކުފާނު ވިދާޅުވިއެވެ.

ފަހުގެ