އުތުރުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ހއ.ބާރަށާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫގައި ފެންބޮޑުވެ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި، އެރަށްރަށުގެ ބައެއް ގެތަކަށް ފެންވަދެ، ބައެއް ދަނޑު ބިންތަކަށް ގެއްލުންތަކެއް ވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

ފެންވަންނަމުންދާ ގޭތަކުގެ ކައިރީގައި ރަށުގެ ރައްޔިތުންނާ ގުޅިގެން ވެލިބަސްތާޖަހައިދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުގެ ރަށްރަށުގައި ފެންބޮޑުވެފައިވާއިރު އައްޑޫ ސިޓީއަށް މިއަދު ވަނީ ދެ ނަގޫރޯޅިވެސް އަރާފަ އެވެ.

ފަހުގެ