ދަންވަރު ހޭލާ އުޅުނު ދެހާސް ނުވަސަތޭކަ ތިރީސް މީހެއްގެ ޕްރޮފައިލް ހަދާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ސައުވީސް ގަޑީރު ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ބާތިލުކުރިފަހުން ދެހާސް ނުވަސަތޭކަ ތިރީސް ފަރާތަކާއި ސުވާލުކޮށް އެމީހުންގެ ޕްރޮފައިލް ހަދާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މާލެއަކީ ރައްޔިތުންނަށް ރައްކާތެރި އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް، ސައުދީ ވިދާޅުވީ ސައްވީސް ގަޑިއިރުގެ ޚިދުމަތް ދޭގޮތަށް ހުޅުވާފައިހުރި ފިހާރަތައް ބަންދުކުރުމަށް ސަރުކާރުން ނިންމި ނިންމުގެ ސަަބަބުން ދަންވަރު މާލޭގެ މަގުތަކުގައި ހޭލާ އުޅޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާކަމަށާއި މިކަމުގެ ސަބަބުން ރަނގަޅު އަސަރުތަކެއް މުޖުތަމަޢުން ފެނިގެންދާނެކަމަށެވެ.

ސައްވީސް ގަޑިއިރު ވިޔަފާރި ކުރެވޭ ގޮތަށް ހުއްދަ ދީފައި ހުރި ތަންތަން ބަންދުކުރުމުގެ ސަބަބުން މުޖުތަމަޢަށް ރަނގަޅު އަސަރުތައް ކުރަމުންދާކަމަށާއި، މިކަމަކީ ދުރުމުސްތަގުބަލުގައި ފައިދާކުރާނެ ކަމެއް ކަމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ.

 އަދި މިއީ ކުއްލިއަކަށް ފެނިގެންދާނެ ބަދަލުތަކެއް ނޫންކަމަށާއި ކުށްކުރުމުގެ ރޭޓަށްވެސް މިކަމުގެ ސަބަބުން ބަދަލުތަކެެއް އަންނާނެކަމަށް ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ މުޖުތަމަޢުން ކުށްކުރުން ހުއްޓުވުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ފުލުހުންނަށް އެއްބާރުން ދެއްވައިގެން ރައްޔިތުން މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ..

ފަހުގެ