އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ބައެއް ހެކި ތަހްލީލްކުރުމަށް އެފްބީއައިއަށް!

ރަޙުމްކުޑަގޮތަކަށް ޙަމަލާދީ އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކުގެ ތެރެއިން ބައެއް ހެކިތައް ތަހުލީލުކުރުމަށް އެމެރިކާގެ އެފްބީއައި އަށާއި ސިންގަޕޫރު ފުލުހުންނަށް ފޮނުވާފައި ވާކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.

މި ހާދިސާގެ ތަހުގީގާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ސްޕެޝަލިސްޓް ކުރައިމް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހަންމަދު ރިޔާޒު ވިދާޅުވީ މިހާތަނަށް ހޯދިފައިވާ ހެކީގެ ތެރޭގައި، ޑރ. އަފްރާޝީމް އަވަހާރަކޮށްލިރޭ އޭނާ ޓީވީމޯލްިވްސްގެ ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު، ގެއަށްވަޑައިގަތް މަގުމަތީގައި އޭނާއާ މުއާމަލާތްކުރި ބައެއް މީހުންނާއި ސުވާލުކޮށް އެ މީހުންގެ މަޢުލޫމާތު ހޯދާފައިވާނެކަމުގައެވެ. މީގެއިތުރުން ބައެއް މަގުތަކުގައި ހަރުކޮށްފައިހުރި ކެމެރާތަކުގެ ސީސީޓީވީ ފުޓޭޖުވެސް ހެކީގެ ގޮތުގައި އެފްބީއައި އަަށާއި ސިންގަޕޫރަށް ފޮނުވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް މިމައްސަލާގައި ހެކީގެ ގޮތުގައި ފުލުހުން ބަލާފައިވާ ތަކެތީގެ ތެރޭގައި މީގެ ސީސީޓީވީ ފުޓޭޖާ، ޓެލެފޯން ކޯލް ރެކޯޑްސް އާއި ކިތާބީ ހެތްކާއި ފޮރެންސިކް ސާންޕަލްސް ތަކާއި ، މައްސަލައާއި ގުޅުންހުރި ގަރީނާތައް ހިމެނޭކަމުގައި ރިޔާޒު ވިދާޅުވިއެވެ.

ފަހުގެ