ރައީސް ނަޝީދު މީމު އަތޮޅަށް!!

ރައީސް މުހައްމަދު ނަޝީދު އިއްޔެ މީމު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ހަވީރު މ.މުލަކަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު މިއަދު ވަނީ މުލީ އާއި، ކޮޅުފުށި އަދި ނާލާފުއްޓަށް ވަޑައިގެން އެރަށްރަށުގެ އެމްޑީޕީ މެންބަރުންނާއި، އަދި އެ ޕާޓީއަށް ތާއީދުކުޜާ ފަރާތްތަކާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވާފައެވެ. ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ މ.އަތޮޅު ކައުންސިލުން ހުސްވެފައިވާ މުލަކު ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މ.މުލައް، ހެޕީނާސް އިބްރާހީމް ލަތީފަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ރޭ މުލަކުގައި އޮތް ޖަލްސާގައި ކޮންމެ ދާއިރާއަކަށް ވެސް އެ ދާއިރާއަކަށް ނިސްބަތްވާ މީހަކު ހޮވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

ފަހުގެ