ޕީޕީއެމްގެ ބަސް މިސަރުކާރުގައި ވިކޭނަމަ ޖީއެމްއާރްއެއް ނޯންނާނެ

ޕީޕީއެމްގެ ބަސް މި ސަރުކާރުގައި ވިކޭ ނަމަ އިބުރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު ހިންގަމުން ގެންދާ ޖީއެމްއާރާއި ސަރުކާރާއި ދެމެދު ކުރެވިފައިވާ  އެގްރިމެންޓް މިހާރު އޮންނާނީ ބާތިލްކޮށްފައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެއާރޕޯޓު ދީފައިވަނީ ގާނޫނައި ހިލާފަށް ކަމަށާއި އެ އެއްބަސްވުމަކީ ޣައިރު ގާނޫނީ އެއްޗެއް ކަމަށް ޕީޕީއެމުން އަބަދުވެސް ގަބޫލު ކުރާ ކަމަށާއި މިހާރުވެސް ސަރުކާރުގައި ޖީއެމްއާރް އެގްރިމެންޓް ބާތިލް ކޮށްދިނުމަށް އެދި ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ކަމަށް އަމަލީ ސިފައެއް އައި ތަނެއް އަދި މިހާ ތަނަށްވެސް ފެނިފައިނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ދިވެހި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއްގެ ޒިންމާ ޕީޕީއެމްއިން އުފުލަންޖެހޭނެ ކަމަށްބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، އެ ޒިންމާ ޕީޕީއެމްއިން ނަގަން ޖެހޭނެ ކަމަށް ޤަބޫފުޅު ނުކުރައްވާ ކަމަށެވެ.

ފަހުގެ