އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ ކޮމިޓީ އަށް ވަޑައިގެންނެވި ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރުކުރަން ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު ހުށަހަޅުއްވާފައި ވަނީ މިދިޔަ ހަފުތާގައި އެވެ.

އާންމު ކޮމިޓީން މިއަދު ފާސްކުރި ގޮތަށް މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނާނީ އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

އެމްޑީޕީން ވަނީ ރައީސް މުހައްމަދު ވަހީދާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމަށް ހުޅަހަޅާފަ އެވެ.

ފަހުގެ