ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ވަރލްޑް އެނަރޖީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މިދަތުރުފުޅުގައި، ވަރލްޑް އެނަރޖީ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.